ހުސްވެފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަޤާމަށް އެޕާޓީގެ ކުރީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ކުރިމަތި ލައްވައިފިއެވެ.
ޖޭޕީގެ ލީޑަރުގެ މަޤާމަށް ގާސިމް ކުރިމަތިލެއްވީ މިއަދު އެވެ.@Jumhooree_MV ge Leader kamuge Maqaamah, Leader Hon. @qasimibrahim kurimathi lavvaifi.@ali20waheed @meeraazu pic.twitter.com/V0QBBE71wV— JP Secretariat (@JPSecretariat) October 24, 2018ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަޤާމުގައި ކުރިން ހުންނެވި ގާސިމް އިބްރާހިމްއަށް ކޮށްފައިވާ ޖަލުހުކުމް މިމަހުގެ 22 ވަނަ ދުވަހު ހައިކޯޓުން ބާތިލްކުރުމާއިއެކު، އެރޭ އެޕާޓީގެ ކައުންސިލުންވަނީ ލީޑަރުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލުމަށް ފާސްކޮށްފައެވެ.
މި އަހަރުގެ އޮގަސްޓްމަހު ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ބޭއްވުނު އިރު ގާސިމް ހުންނެވީ ޖަލުހުކުމެއްގައި ޖަރުމަނު ވިލާތުގައެވެ. އެހެން ކަމުން ކޮންގްރެސްއިން ނިންމާފައިވަނީ ޖޭޕީގެ ލީޑަރުގެ މަޤާމަށް ބޭފުޅަކު އިންތިހާބުކުރުން ފަސްކުރުމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަޤާމުގައި މިވަގުތު ބޭފުޅަކު ނެތުމުން އެޕާޓީގެ ލީޑަރުގެ މަސްއޫލިއްޔަތުތައް ހަވާލުކޮށްފައިވަނީ ޑެޕިއުޓީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ ހުސައިން ރަޝީދު ހަސަންއާއެވެ.
ޖޭޕީގެ ލީޑަރުގެ މަޤާމަށް ކުރިމަތި ލުމަށް ހުޅުވާލާފައިވާ މުއްދަތުގެ ސުންގަޑިއަކީ މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 3 ޖެހުމާއި ހަމައަށެވެ.
ޖޭޕީގެ ލީޑަރުގެ މަޤާމަށް ގާސިމް ކުރިމަތި ލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ