އަފްރާޝީމްގެ ގާތިލުންނަށް އަދަބު ދިނުން އަވަސް ކުރުމަށް މައުމޫން ގޮވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް އަދަބު ދިނުން އަވަސް ކުރުމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކޯޓުތަކަށް ގޮވާލައްވައިފި އެވެ.
ރައީސް މައުމޫން މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މީހުންނާއި އެކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކާ މެދު ވީ އެންމެ އަވަސް ފުރުސަތެއްގައި ފިޔަވަޅު އަޅައިދިނުމަށް ޕީޕީއެމްގެ ނަމުގައި އެމަނިކުފާނު ގޮވާލައްވާ ކަމަށެވެ.On behalf of PPM I call on the judiciary to expedite the punishment of Dr Afrashim's murderers n all those who had assisted them.— Maumoon Abdul Gayoom (@maumoonagayoom) October 1, 2014ޑރ. އަފްރާޝީމް އަވަހާރަކޮށްލިތާ މިއަދަށް ދެ އަހަރު ފުރިފައިވާއިރު އެ މައްސަލާގެ ތުހުމަތުގައި ހައްޔަރުކުރި ހ. ލޮބީ ހުސައިން ހުމާމް އަހްމަދު މެރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް އެ ހުކުމް ވަނީ އިސްތިއުނާފް މަރުހަލާގަ އެވެ.
މީގެ އިތުރުން އެ މައްސަލާގެ ތުހުމަތުގައި ހައްޔަރުކުރި ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށް ދައުލަތުން ކުރި، ގަސްތުގައި މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށް މިމަހުގެ 14 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރިގޮތަކަށް ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގައި އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެ ތެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ