މައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ، މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިއްޖެ

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ސްޓެލްކޯ އިން ބުނީ، އެޗްޑީސީން ހުޅުމާލޭގެ މަގު ހެދުމުގެ ތެރޭގައި އެ ކުންފުނީގެ މައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ، ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
އެއާއެކު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާތީ، ވީ އެންމެ އަވަހަކަށް އިންޓަކަނެކްޝަން އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ކަރަންޓު ދެމުން ގެންދަނީ އިންޓަކަނެކްޝަން މެދުވެރިކޮށް ހުޅުމާލެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ