މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ..
މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ ދެމެދު ހިމެނޭ ސަރަހައްދަށް މޫސުން ގޯސްވާނެއެވެ. އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 17:30 ވަންދެންނެވެ.
މެޓް އޮފީހުން ބުނީ، މިއަދު މެންދުރުފަހު 13:30 އިން ފެށިގެން 17:30 އާއި ހަމައަށް މިސަރަހައްދުތަކަށް އުދައިގެ އަސަރު ކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި މިއަދު މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކާއި، ހުޅަނގު ދެކުނުގެ އަތޮޅުތަކަށް ހަވީރު 18:00 އާއި ހަމައަށް ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ މެދު ރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެއަސަރުކޮށް، ރާޅުގެ އުސްމިނުގައި 3 ފޫޓާއި 5 ފޫޓު ހުންނާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާ ސަރަހައްދުތަކުގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ