ޕްރައިމަރީއަކާ ނުލައި އިހަވަންދޫ ދާއިރާގެ ޓިކެޓް އަހްމަދު އަބްދުﷲއަށް ކަށަވަރުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާއަށް ވާދަކުރެއްވުމަށް ޕްރައިމަރީއަކާ ނުލާ އެމްޑީޕީގެ ޓިކެޓް އަހްމަދު އަބްދުﷲ ކަށަވަރުވެއްޖެ އެވެ.
އެމްޑީޕީން ބުނީ އަހްމަދު އަބްދުﷲ އަށް އިހަވަންދޫ ދާއިރާގެ ޓިކެޓް ކަށަވަރުވީ ޕްރައިމަރީގައި އޭނާއާ ވާދަކުރައްވަން ނަން ހުށަހަޅުއްވާފައިވާ ހއ. އިހަވަންދޫ، އަންބަރީގެ، އަބްދުލް މާނިއު ހުސައިން ނަން އަނބުރާ ގެންދިއުމާއި ގުޅިގެން ކަމަށެވެ.
އިހަވަންދޫ ދާއިރާގައި ހިމެނޭ ހއ. ތަކަންދޫ އަށް ނިސްބަތްވާ އަހްމަދު އަބްދުﷲ އަކީ މިހާރުވެސް އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރެވެ. އޭނާއަށް މަޖިލީހަށް އިންތިހާބުވީ ވެސް އެމްޑީޕީގެ ޓިކެޓުގަ އެވެ.
އަހްމަދުގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ ބައެއް އެހެން މަޖިލިސް މެންބަރުންނަށް ވެސް ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ