ފުނަ ހަރާކާތުގައި ފައިނަލަށް ހޮވުނު ރަށްތައް އިޢުލާންކޮށްފި

މިނިވަން ފަންސާސް
ފާހަގަކުރުމަށް މުޅިރާއްޖޭގައި ބޭއްވި ފުނަ ހަރާކާތުގައި ފައިނަލަށް ހޮވުނު
ރަށްތަކާއި ހަރަކާތްތައް އިޢުލާންކޮށްފިއެވެ.
މިއަދު
ޓީވީއެމްގައި ބޭއްވި ރަސްމިއްޔާތުގައި ފައިނަލަށް ހޮވުނު ފަރާތްތައް
ޢިއުލާންކޮށްދެއްވީ ފުނަ ހަރަކާތުގެ ޖަޖުންގެ ޕެނަލްގެ އިސްޖަޖު  އަބްދުލް ރައްޒާގް އަބްދުލް ރަޙްމާންއެވެ.
މި
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓްރީގެ ނައިބު އަޙްމަދު ސަލީމް
ވިދާޅުވީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ފުނަ ހަރަކާތް 19 އަތޮޅެއްގައި ބާއްވާފައިވާކަމަށާއި މިހާތަނަށް މިހަރަކާތް ބާއްވާފައިނުވަނީ އއ.
އަތޮޅުގައިކަމަށެވެ. އަދި ޑިސެމްބަރ މަހުގެ އަށާރައިން ނަވާރައަށް އއ. އަތޮޅުގައި
ފުނަ ހަރަކާތް ބޭއްވުމަށް ނިންމާފައިކަމަށްވެސް ސަލީމް ވިދާޅުވިއެވެ. އަދި އެ އަތޮޅުގައި ފުނަ ހަރަކާތް
ބާއްވާތާ ހަފްތާއެއްހާދުވަހުގެ ތެރޭގައި އެއަތޮޅުން ފައިނަލަށް ހޮވުނު އިވެންޓް
އިޢުލާން ކުރެވޭނެކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
ހޯމް މިނިސްޓްރީން
ވިދާޅުވީ މިހާތަނަށް 279 އައިޓަމްއެއް ފުނަ ހަރަކާތުގައި ހުށަހަޅާފައިވާކަމަށެވެ. އަދި ފުނަ ހަރަކާތް ހިންގީ ގަވާއިދެއްގެ ދަށުން
ކަމަށާ މި ގަވާއިދުގައި ހިމެނޭ ގޮތަށް ސަގާފީ ކުޅިވަރުތަކާއި ސަގާފީ މުހިއްމު
މަސައްކަތްތަކާއި އާދަކާދައިގައި ހިމެނޭ ކެއްކުން ފާހަގަކޮށްލެވޭ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ހޯމް މިނިސްޓްރީގެ
ނައިބު އަޙްމަދު ސަލީމް ވިދާޅުވީ ފަހުގެ ތާރީޚުގައި ފެނިފައިނުވާ ސަގާފީ
ކުޅިވަރުތައް ފުނަ ހަރަކާތުން ފެނިގެންގޮސްފައިވާކަމަށެވެ.
 ފުނަ ހަރަކާތަށް މާކްސްދިނުމުގައި ހަތް ކަމަކަށް
ބަލާފައިވާކަމަށް ހޯމް މިނިސްޓްރީން ވިދާޅުުވިއެވެ.
ގައުމިއްޔަތު
ކުރިއެރުވުމަށްޓާކައި މިނިސްޓަރަށް ލަފާއަރުވާ ކޮމިޓީގެ ރައީސް ނިޝާން
އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަބްދުއްރަޝީދު ހުސެއިން ވިދާޅުވީ ފުނަ ހަރަކާތުން
ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި ވަޙުދަތު ފެނިގެން ދިޔަކަމަށެވެ.
ރާއްޖޭގެ ކޮންމެ އަތޮޅުން ޚާއްޞަ ރަށެއްގައި ބޭއްވި  ފުނަ ހަރާކާތުން ގެ ވަނަ ތަކުގެ ތެރެއަިން ހއ  އުތީމުން ހުށަހަޅާދިން ބަނޑިޔާޖެހުން، ހދ.ން ކުޅުދުއްފުށިން
ހުށަހަޅާދީފައިވާ ވެދުމާއި ދިއުން، ށ. ފޮނަދޫ ސްކޫލް ކުދިންގެ ބަތްޕޮޅި ޑާންސް.ނ.
މާލެންދޫ ނަމުރު ކުޅިވަރު، ރ. އަތޮޅުން އުނގޫފާރު ކޯރޑިނެގުން، ބ. އަތޮޅުން ކަމަދޫ
މިކްސް ޑާންސް ބަނޑިޔާ، ޅ. ނައިފަރު މަލިކު ދަނޑި، ކ. އަތޮޅުން ހުރާ ކުރުފަލި އަދި
ކުރު ދަނޑި، އދ. މަހިބަނދޫ ދަނޑޫރާ ލަނގިރި، ވ. ފެލިދޫ ފިރިހެނުންގެ ތާރަ، މ.
މުލަކު ޑްރާމާ، ފ ނިލަންދޫ ޑޭ ލައިޓް ދަފި ނެގުން، ދ. އަތޮޅު ތައުލީމީ މަރުކަޒުގެ
އީސަ ދަރި، ތ. ގުރައިދޫ ފިރިހެނުންގެ ބިލަތްދަފި، ލ. ފޮނަދޫ އަތޮޅު ތައުލީމީ
މަރުކަޒުގެ މިކްސް ޑާންސް، ގއ. ވިލިނގިލީ ޒުވާން އަންހެނުން ކުދިންގެ ބަނޑީޔާ
ޑާންސް ގދ. ގައްދޫ ތުނޑުކުނާ ވިޔުން، ޏ. ހާފިޒް އަޙްމަދު ސްކޫލް ކުދިންގެ މިނިވަން
ބަދަހިގުޅުން، އަދި ސ. އަތޮޅު މެޖެންޑަރ ބޮޑުބެރު ގްރޫޕްގެ ދަނޑިޖެހުން އަދި
ބިލެތްދަފި ނެގުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ