މާރާމާރީތަކާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތްތަަށް ހޯދާ ހައްޔަރުކުރެވިއްޖެ: ފުލުހުން

މާރާމާރީތަށް ހުއްޓެވުމަށް ހާއްސަ މަސެއްކަތް ތަކެއް ކުރެއްވެމުން ދާކަމަށާއި އަދި އައްޑު އާއި މާލޭ ގައި ހިގަމުން ދާ މާރާމާރީތިކާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތްތަަށް ހޯދާ ހައްޔަރުކުރެވިއްޖެ ކަމަށް ފުލުހުން މިއަދު ނެރުއްވި ނޫސްބަޔާންގައި ވިދާޅުވެއްޖެއެވެ.
އަދި ރޭ ދަންވަރު މާލޭގައި ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި14 އަހަރުގެ ކުއްޖާ ނިޔާވެފައިވާތީ ފުލުހުންގެ މުއައްސަސާއިން ވަނީ އާއިލާއަަށް ތައުޒިއާވިދާޅުވެފައެވެ.
މާރާމާރީތަކުގެ މައްސަލަތަކަކީ ސީރިއަސް މައްސަލައެއް ގޮތުުގައި ފުލުންދަނީ ތަހުގީގުރަމުން ކަމުގައި ބަޔާންކޮށް މިވެށީގައި ކުށުގެރޫހު ހަރުލެއްވުމަށް އެއްވެސް ބަޔަކަތް ފުރުސަތު ނުދޭނެކަމުގައި ފާހަގަކުރައްވާފައިވެ. އަދި ހަމައެހެންމެ މިފަދަ އަމަލުތަށް ހިންގާ މިފަދަ އަމަލުތަކަށް ހިއްވަރު ދެއްވާފަރައިތަކަށް ހައްޔަރުކޮށްހަރުކަށި އަދަބު ދެވޭނެކަމަށް ވިދާޅުވިއެވެ.
ފުލުހުންގެ މުއައްސަސާއިންވަނީ މިފަދަ ކޮންމެކަމެއްގަވެސް ރައްޔިތުންގެ ފަރައިތުން ލިބިދޭ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާފައެވެ.
ސިލްސިލާ މާރާމާރީ ގިނަވެ މި ހަފްތާގަވެސް އިތުރުތިން މީހަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައެވެ. އޭގެތެރެއިން ހޯމަދުވަހުގެރޭ ހަމަދީ ޒަހަމްކޮށްލި ޒުވާނާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗް އިން މައުލޫމާތު ދެއެވެ. މީގެ އިތުރުން އައްޑޫގައި ޒަހަމްކޮށްލި ޒުވާނާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ