ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިން އާއި މާވަށު ދާއިރާގެ މެންބަރު އަހުމަދު އަޒްހާނު ފަހުމީ ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވައިފި އެވެ.
މި ދެ މެންބަރުން އެ ޕާޓީއަށް ސޮއިކުރެއްވީ، މިރޭ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ހަފްލާއެއްގައެވެ.
ފަހަކަށް އައިސް ޕީޕީއެމަށް ނިސްބަތްވެ ވަޑައިގަންނަވާ ގިނަ މެންބަރުންތަކެއް ޖުމްހޫރީ ޕާޓީއާ ގެންދަވަނީ ގުޅިވަޑައިގަންނަވަމުންނެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު އާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފް ވެސް ވަނީ ދާދިފަހުން ޖޭޕީ އަށް ސޮއިކުރައްވައިފައެވެ.
ކަނޑިތީމު ދާއިރާގެ މެންބަރާއި މާވަށު ދާއިރާގެ މެންބަރު ޖޭޕީއަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ