މެކްސިކޯ ބޯޑަރގައި ރާނާ ފާރަށް ފައިސާ ދައްކަނީ އެމެރިކާއިން!

އެމެރިކާއާއި މެކްސިކޯ ގުޅޭ ބޯޑަރ ސަރަހައްދުގައި ރާނާ ފާރަށް ފައިސާ ދައްކާނީ އެމެރިކާގެ ރައްޔިތުންކަމަށް އެގައުމުގެ ރިޔާސީ ގަނޑުވަރު، ވައިޓްހައުސްގެ އިސްވެރިޔަކު ބުނެފިއެވެ. 
ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ވައުދެއްގެ ގޮތުގައި މެކްސިކޯގެ މީހުން ގަވާއިދާއި ޚިލާފަށް އެމެރިކާއަށް ވަނުން ހުއްޓުވުމަށް ރޭނުމަށް ރޭވި ފާރަށް ފައިސާ ދައްކަން އެމެރިކާއިން ފުރަތަމަ އުޅުނީ މެކްސިކޯ ލައްވައެވެ.
ނަމަވެސް މެކްސިކޯއިން ވަނީ ތަކުރާރުކޮށް އެގައުމުން އެފާރަށް ދައްކަންޖެހޭނެ ލޯ ލާރިއެއްވެސް ނޯންނާނެކަމަށް ބުނެފައެވެ. 
ސީއެންއެންއާއި ވާހަކަފުޅު ދައްކަވަމުން، ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މާސީޑީޒް ޝްލެޕް ބުނީ އެ ފާރަށް ލާރި ދައްކާނީ އެމެރިކާގެ ރައްޔިތުން ކަމަށެވެ. އެއީ މެކްސިކޯއިން އަންނަ ފަރާތްތަކުގެ ސަބަބުން އިގްތިސާދީ އެންމެ ބޮޑު ތަކުލީފެއް ވަނީ އެފަރާތްތަކަށް ކަމަށްވާތީކަމަށެވެ.
އެމެރިކާގެ ސަރުކާރުން ދަނީ ބޯޑަރ ފާރަށް ފައިސާ ދައްކާާނީ އެކި ފަރާތްތައް ކަމަށް އެކި ފަހަރު ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ