ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޙުކުމް އިއްވުން އަންނަ އާދީއްތަ ދުވަހު ބާއްވަން ސުޕްރީމް ކޯޓުން ތާވަލްކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި އާދީއްތަ ދުވަހުގެ ޝަރީޢަތްތައް ކުރިއަށްދާނެ ގޮތުގެ ތާވަލް އަދި އާންމު ނުކުރި ނަމަވެސް އިންތިޚާބުގެ މައްސަލައިގައި އިދިކޮޅު ފަރާތްތައް ތަމްސީލް ކުރައްވާ ބައެއް ވަކީލުން ވަނީ އިންތިޚާބު ބާތިލް ކުރަން ހުށަހެޅި މައްސަލައިގެ ޙުކުމް އިއްވަން އާދީއްތަ ދުވަހަށް ތާވަލް ކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ބުނެފައެވެ. ނަމަވެސް އަޑުއެހުން އޮންނާނެ ގަޑިއެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް މިދިޔަ އަންގާރަ ދުވަހު ވަނީ ނިންމާލާފައެވެ. އެހެންކަމުން ދެން އޮންނާނީ މައްސަލައިގެ ޙުކުމް އިއްވުމެވެ. މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކަކުން ވަނީ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓަށް ހާޒިރުވެ ބަޔާންތަކުގައި ސޮއި ކޮށްފައެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޙުކުމް އިއްވުން އަންނަ އާދިއްތަ ދުވަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ