ހުރިހާ ސިޔާސީ ބޭފުޅުން މިނިވަންކުރުމަށް ރައީސް މައުމޫނު ގޮވާލައްވައިފި

ސިޔާސީ ގޮތުން ހައްޔަރުކޮށްފައިވާ އަދި ހުކުމްކޮށްފައިވާ ހުރިހާ ފަރާތްތަކެއް ދޫކޮށްލުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
ރައީސް މައުމޫނު މިމޭރުމުން ގޮވާލެއްވީ މިހާރު ހުކުމުގައި ތިއްބެވި ސިޔާސީ ހަތަރު ލީޑަރުންކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިންރާންގެ އިތުރުން ގާސިމް އިބްރާހިމްގެ ފޮޓޮއާއި އެކު ކުރެއްވި ޓްވިޓެއްގައެވެ.#FreeAllPoliticalPrisoners pic.twitter.com/J8VxbQSn94— Maumoon Abdul Gayoom (@maumoonagayoom) October 18, 2018ސިޔާސީ ބޭފުޅުން މިނިވަން ކުރުމަށް ރައީސް މައުމޫނު ގޮވާލެއްވިއިރު ރައީސް މައުމޫނުގެ މައްޗަށް ކޮށްފައިވާ ހުކުމް އިއްޔެ ހައިކޯޓުންވަނީ ބާތިލްކޮށްފައެވެ.
އިދިކޮޅު ތިން ލީޑަރުންގެ އިތުރުން ސިޔާސީ ބައެއް ފަރާތްތަކާއި ބައެއް ފަނޑިޔާރުންވެސް އަދިވެސް ހުކުމުގައި އަދި ހައްޔަރުކޮށްފައި އެބަތިއްބެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ