ހުރިހާ ސިޔާސީ ހައްޔަރީން ދޫކޮއްލަން ރައީސް މައުމޫނު ގޮވާލައްވައިފި

އެކިއެކި ތުހުމަތު ތަކުގައި ހައްޔަރު ކޮށްފައިވާ ހުރިހާ ސިޔާސީ ބޭފުޅުން ދޫކޮއްލެއްވުމަށް ރައީސް މައުމޫނު ގޮވާލައްވައިފިއެވެ.
ރައީސް މައުމޫނު މިރޭ ކުރެއްވި ޓްވީޓެއްގައި ސިޔާސީ ހަތަރު ލީޑަރުންކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާންގެ އިތުރުން ގާސިމް އިބްރާހިމްގެ ފޮޓޮއެެއްވެސް ވަނީ ޕޯސްޓުކޮށްފައެވެ.
ސިޔާސީ ލީޑަރުންްގެ އިތުރުން އެކި ފަންތީގެ އެކިއެކި ބޭފުޅުނަށް އެކިކަހަލަ ތުހުމަތުތައް އައިސް ހުކުމް ކުރެވި ހައްޔަރީން ގޮތުގައި ދަނީ ހުކުމް ތަންފީޒް ކުރެވެމުންނެވެ.
އަދި 23 ސެޕްޓެމްބަރގެ ރިޔާސީ އިންތިހާބަށްފަހު ސިޔާސީ އެކިކަންކަމުގައި ހައްޔަރު ކޮށްފައިތިބި ބައެއްބޭފުޅުންވަނީ ކަފާލާތުގެ ދަށުން ދޫކޮއްލާފައެވެ. އަނެއްބައި ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ދައުވާތައްވަނީ އަލުންއަނބުރާ ގެންގޮސްފައެވެ.
ރައީސް މައުމޫނުވެސް ސެޕްޓެމްބަރ 30 ގައި ކަފާލާތުގެ ދަށުން ދޫކޮއްލުމަށްފަހު އެބޭފުޅާ މައްޗަށް ކޮށްފައިވާ ހުކުމް ހައިކޯޓުންވަނީ މިދިޔަ ބުރާސްފަތި ދުވަހު ބާތިލްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ