(ސްރީ ޖަޔަވަރްދެނަޕޫރަ ކޯއްޓޭ، ސްރީލަންކާ): ޤާނޫނު ހަދާ މަޖިލީސް އެކުލަވާލުމުގެ އިންތިޚާބު ސްރީލަންކާގައި އޯގަސްްޓް މަހުގެ ތެރޭގައި އޮންނަ އިރު، އެ އިންތިޚާބުގައި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައަށް ސްރީލަންކާ ފްރީޑަމް ޕާޓީ ނިސްބަތްވާ އިއްތިހާދު، ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަސަންސްގެ ފަރާތުން ވާދަ ކުރުމުގެ ފުރުސަތު، އެ އިއްތިހާދުގެ މައި ޕާޓީ، އެސްއެލްއެފްޕީގެ ޗެއާމަން އަދި ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ދެއްވައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައާއި، ރައީސް މައިތްރިޕާލަ ސިރިސޭނާއާ ދެމެދު މަޝްވަރާތައް ބޭއްވުމަށް އެކުލަވާލި ހަ މެމްބަރުންގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ، ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެމްބަރު ޑަބްލިއު ޑީ ޖޭ ސެނެވިރަތުނައެވެ.
އެ ކޮމިޓީގައި ހުމެނޭ މެމްބަަރު ޓީބީ އެެކަނަޔަކަ، މިއަދު "ހިރު ޓީވީ"އަށް ބުނެފައިވަނީ، ރާޖަަޕަކްސަ، ޔޫޕީއެފްއޭގެ ޓިކެޓުގައި މަޖިލީހަށް ވާދަ ކުރުމުގެ ނިމިނޭޝަން ދިނުމަށް ރައީސް ސިރިސޭނާ ނިންމަވާފައިވާ ކަމަށެވެ.
އެހެން ނަމަވެސް މިއަދު ސްރީލަންކާގެ ރައީސް ޮފީުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެސްއެލްއެފްޕީގެ ފަރާތުން ބޮޑުވަޒީރުގެ މަޤާމަށް ކުރިމަތިލާ ކެންޑިޑޭޓު އަދި ހޮވާފައި ނުވާނެ ކަމަށެވެ.
އަދި އެ މަޤާމަށް ކުރިމަތިލާނެ ކެންޑިޑޭޓަކު ހޮވާނީ، ބޮޑުވަޒީރު ހޮވުމުގެ ވަގުތު އައުމުން، މަޖިލީހަށް ހޮވޭ ޕާޓީގެ މެމްބަރުންނާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.
ޤާނޫނު ހަދާ މަޖިލީހަށް ބޮޑުވަޒީރުގެ ކެންޑިޑޭޓުގެ ގޮތުގއި މެނުވީ ކުރިމަތި ނުލާނެ ކަމަށް މަހިންދަ ރާޖަޕަކްސަ މީގެ ކުރިން ބުނެފައިވާ އިރު، އޭނާއަށް ނޮމިނޭޝަން ދިނުމށް ރައީސް ސިރިސޭނާ ނިންމެވުމުން ގިނަ ބަޔަކު ދަނީ ރައީސް ސިރިސޭނާއާ މެދު ނުރުހުން ފާޅުކޮށް، ވާހަކަ ދައްކަމުންނެވެ.
ރާޖަޕަކްސަ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ސިރިސޭނާ ދީފި - ރައްޔިތުން ރަތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ