ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ނައިބު ރައީސް މޫސާ ނަސީރު އަހްމަދު ކުރިމަތި ލައްވައިފި އެވެ.
ޕީޕީއެމްގެ ޕްރައިމަރީ އަށް ނަން ހުށަހެޅުމަށް ފަހު ނަން އަނބުރާ ގެންދެވި ނަސީރު ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޕްރައިމަރީން ނަން ނެގީ މަސްލަހަތަށްޓަކައި، ބައެއް މީހުންގެ އެދުމުގެ މަތިން ކަމަށެވެ.
"އިންތިހާބަށް ވާދަކުރަން މި ނިންމީ އަތޮޅުގެ ދަރިއަކަށް ވީމާ ރަނގަޅަކަށް އަތޮޅަށް ހިދުމަތް ކޮށްދެވޭނެތީ. ކަންކަން މާ ރަނގަޅަށް އެނގޭނެތީ" މީގެކުރިން މ.އަތޮޅުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ނަސީރު ވިދާޅުވިއެވެ.
ނަސީރުގެ އިތުރުން ދިއްގަރު ދާއިރާގެ އިންތިހާބުގައި ވާދަކުރައްވަނީ، ޕީޕީއެމްގެ ފަރާތުން އަހުމަދު ފާރިސް މައުމޫން އަދި އެމްޑީޕީގެ ފަރާތުން އަހްމަދު ރާޒީއެވެ.
ދިއްގަރު ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު އޮންނާނީ ޖޫންމަހުގެ 6 ވަނަ ދުވަހުގައެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް 25 އަހަރަށް ޖަލަށްލުމް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
ދިއްގަރު ދާއިރާގެ މެމްބަރުކަމަށް، އެލްޖީއޭގެ ނައިބު ރައީސް ކުރިމަތިލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ