މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު އެހީތެރިކަމެއް ހޯދުމަށް ރާއްޖެއަށް ކުއްތާ ގެނެސް، ތަމްރީނުތަކުގައި ކުއްތާތައް ބޭނުން ކުރަން ފެށުމާއި އެކު، މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅޭ ފަރާތްތަކަށް ބޮޑު ސިހުމެއް ލިބިފައި ވާކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ފާރަ ގެމައިގެ ތަމްރީނުތައް ނިންމާލުމަށްފަހު މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ އުމަރު ވިދާޅުވީ، ކުއްތާ ބޭނުންކޮށްގެން މަސްތުވާތަކެތި ހޯދައި، މަސްތުވާތަކެތި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ނިންމުމުން އެއީ ނުކުރެވޭނެ ކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުވެސް ކިޔާފައި ވާކަމަށެވެ.
އެހެން ނަމަވެސް، އޮޕަރޭޝަންތަކަށް ކުއްތާ ތައާރަފްކޮށް، މިހާރު މަސައްކަތް ފެށިފައި ވާކަމަށާއި، ދިވެހި ފުލުހުންގެ ތެރެއަށް މިއަދު ތައާރަފް ކުރެވިގެން މިދިޔަ ޔުނިޓުގެ ސަބަބުން ދިވެހި ފުލުހުންގެ މަސައްކަތަށް ވަރަށް ބޮޑު އެދެވޭ ބަދަލެއް އަންނާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ކުއްތާ ބޭނުން ނުކޮށް ދުނިޔޭގެ އެއްވެސް ތަނެއްގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތް އެންމެ ކާމިޔާބު ކަމުގައި ދެންނެވެން ނެތް ކަމަށެވެ.
"ހަމައެކަނި ތަމްރީނުގެ ގޮތުގައި ބައެއް އޮަޕަރޭޝަންތަކުގައި އަޅުގަނޑުމެންނަށް ކުއްތާ ބޭނުން ކުރުމުގެ ފުރުސަތު ލިބިގެން ދިއުމުން މިހާރުވެސް ވަނީ މަސްތުވާތަކެތި އެތެރެކޮށް ބޭނުންކުރާ ފަރާތްތަަކަށް ބޮޑު ސިހުމެއް ލިބިފައި."، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވިއެވެ.
ފުލުހުން ވަނީ މަސްތުވާތަކެތި ހޯދުމަށް ފުލުހުން ފުރަތަމަ ފަހަރަށް ކުއްތާ ބޭނުންކޮށްގެން ހިންގި އޮޕަރޭޝަންގައިވެސް މަސްތުވާތަކެތި ހޯދާފައެވެ. އަދި މި ތަކެތީގެ އަގު 6 ލައްކަ ރުފިޔާއަށް އަރާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އުމަރު އިތުރަށް ވިދާޅުވީ ފާރަ ގެމަ ބޭނުންކޮށްގެން މަސްތުވާތަކެތި ހޯދުނު ނަމަވެސް، މި ކުރެވޭ މަސައްކަތް ކާމިޔާބު ކަމުގައި ބުނެވޭނީ، މަސްތުވާތަކެތި ގެންގުޅުނު ބަޔަކު ޝަރީޢަތާ ހަމައަށް ގެންދެވުމުން ކަމަށެވެ.
މިކަމަށްޓަކައި، ހުޅުލޭގައި ނޫޓް ދެނެގަންނަ ކުއްތާ ބޭނުންކުރަން ފެށުމަށްވެސް މިހާރު ވަނީ ނިންމާފައެވެ.
ކުއްތާ ބޭނުން ކުރަން ފެށުމުން މަސްތުވާތަކެތި ގެންގުޅޭ މީހުންނަށް ލިބުނީ ސިހުމެއް - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ