ކަރަންޓް ކޭބަލަކުން އަލިފާން ކަނި ބުރާތީ ސިފައިން ހަރަކާތްތެރިވަނީ

މާފަންނު ކުނޫޒް ކައިރީގައި ހުންނަ ނަފާ ހޮޓާ ކުރިމަތީގައި އޮތް ކަރަންޓް ކޭބަލަކުން އަލިފާން ކަނި ބުރާތީ ސިފައިން ހަރަކާތްތެރިވަމުން އެބަ ދެއެެވެ.
އެމްެއެންޑީއެފް އިން ވިދާޅުވީ، އެ ކޭބަލުން އަލިފާން ކަނި ބުރާތީ އެކަން ސިފައިންނަށް ރިޕޯޓްކޮށްފައި ވަނީ 18:13 ހާއިރު ކަމަށެވެ.
"ފަޔާ ޓީމުން އެ ސަރަހައްދުގައި މަޑުކޮށްގެން ތިބީ، ސެޓެލްކޯއިން ކަރަންޓް ކަނޑާލަންދެން". އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
މި ހާދިސާ އާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފް އިން ދީފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ