މިހާތަނަށް ބާއްވާ ޔަންމާރ އިންޖީނުގެ އެންމެ ބޮޑު ޕްރަމޯޝަން މެރިން އެކްސްޕޯގެ ތެރެއިން ކުރިއަށް ގެންދަނީ

އެމްޓީސީސީގެ 35 އަހަރުގެ ހަޔާތުގައި މިހައިތަނަށް ކުރިއަށް ގެންގޮސްފައި ނުވާފަދަ ބޮޑު ޔަންމާރ އިންޖީނުގެ ޕްރަމޯޝަނެއް މެރިން އެކްސްޕޯ 2016 ގެ ތެރެއިން ކުރިއަށް ގެންދާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް މިއަދު ވިދާޅުވީ މިޕްރަމޯޝަނުގެތެރެއިން ޔަންމާރ އިންޖީނު ގަންނަ ކޮންމެ ފަރާތަކަށް 100،000 ރުފިޔާ އާއި 200،000 ރުފިޔާ އާއި ދެމެދުގެ އަދަދަށް ހިލޭ އެސެސަރީޒް ލިބޭ ޕްރަމޯޝަނެއް ތަޢާރަފްކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ މިއެކްސްޕޯގެ ތެރެއިން އެކުންފުނިން އަލަށް ބައެއް ބާވާތްތައް ތަޢާރަފްކުރައްވާނެ ކަމަށާއި އެކުންފުނިން އެތެރެކޮށް މާކެޓްކުރާ ބާވަތްތަކަށް ޚާއްޞަ ޕްރަމޯޝަން ތަކެއްވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ.
އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ މިއެކްސްޕޯގެ މިދިއަ އަހަރުގެ މެއިން ސްޕޮންސަރަކީވެސް އެމްޓީސީސީ ކަމަށާއި މިއަހަރުވެސް މެއިންސްޕޮންސަރޝިޕް އެމްޓީސީސީ އިން ނެގީ މިއީ ރާއްޖޭގައި ބާއްވާ ވިޔަފާރީގެ ގޮތުން އެންމެ ކާމިޔާބު އެކްސްޕޯކަމަށްވާތީ ކަމަށެވެ.
"ރާއްޖޭގެ މެރިން ސެކްޓަރގަ އެންމެ ފުޅާ ދާއިރާއެއްގަ މަސައްކަތްކުރާ ކުނފުންޏަކީ އެމްޓީސީސީ."
އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ މިދިއަ އަހަރު ފަހުކޮޅު އެކުންފުނިން ތަޢާރަފްކުރި ބޯޓް ބިލްޑިންގ މެޓީރިއަލްސް އާއި ކަނޑުމަތީގައި ބޭނުންކުރާ އިތުރު އާލާތްތައްވެސް މިއެކްސްޕޯގައި ބައިވެރިކުރައްވާނެ ކަމަށާއި އަދި ވަރަށް ގިނަ ޚާއްޞަ ޕްރަމޯޝަންތަކެއް މިއެކްސްޕޯގެ ތެރެއިން ފެނިގެންދާނެ. ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ