އުނގޫފާރު ދާއިރާގެ މެމްބަރުކަމުގެ ހުވާ އަމީން ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އިބްރާހިމް އަމީން ރައްޔިތުންގެ މަޖުލީހުގެ މެންބަރުކަމުގެ ހުވާކުރައްވައިފި އެވެ.
އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ގުޅިގެން އެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންގައި އަމީން ނިކުންނެވީ ޕީޕީއެމްގެ ޓިކެޓުގައި އެވެ.
އުނގޫފާރު ދާއިރާގެ ގޮނޑި ހުސްވުމުން އެ ގޮނޑި ޑރ. އަފްރާޝީމްގެ ކޮއްކޮ އަމީން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ޑރ. އަހުމަދު އަޝްރަފްއާ ވާދަކުރައްވައި 1159 ވޯޓާއެކުގަ އެވެ. ޑރ. އަޝްރަފަށް ލިބިވަޑައިގަތީ 1078 ވޯޓެވެ.
އަމީން ހުވާ ކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައްޔިތުންގެ މަޖުލީހުގެ އިދާރާގަ އެވެ. އަމީނަށް މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕުރީމް ކޯޓުގެ ފަޑިޔާރު އަބްދުﷲ އަރީފެވެ. މިރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އަމީން ހުވައި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖްލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އަމީން މެންބަރުކަމުގެ ހުވާ ކުރެއްވީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރެއްވުމަށް ފަހުގައި ކަމަށެވެ.
އަމީން ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމްގެ ރައްޔިތުންގެ މަޖުލީހުގެ ގިނަ މެންބަރުންތަކެއް ބައިވެރިވެ ވަޑައިގެންނެވި މި ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް އިތުރަށް ވިދާޅުވީ އަމީން މެންބަރުކަމުގެ ހުވައި ކުރެއްވުމާއި ގުޅިގެން މަޖްލީހުގެ އިދާރާއަށް ހުރިހާ މެންބަރުންގެ ފަރާތުން އަމީންއަށް މަރުހަބާ ދަންނަވާ ކަމަށެވެ.
ރައްޔިތުންގެ މަޖުލީހުގެ މެންބަރުކަމުގެ ހުވާ ކުރެއްވުމަށްފަހު އަމީންވަނީ މެންބަރުކަމުގެ އިގުރާރުގައި މިއަދު ސޮއި ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ