ރައްޔިތުން ބަރުލަމާނީ ނިޒާމަކަށް ނޫނެކޭ ބުނެފައިވާއިރު ގާނޫނީ ގޮތުން ވެރިކަމުގެ ނިޒާމު ދެން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރެވޭނީވެސް ރައްޔިތުންގެ ނިންމުމާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއިން ރޭ ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި، ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުކުރެވޭ ފަދަ ހާލަތަކަށް ގައުމު ގޮސްފައިވޭތޯ ކުރި ސުވާލުގެ ޖަވާބުގައި އާޒިމާ ވިދާޅުވީ، ރައްޔިތުން ބަރުލަމާނީ ނިޒާމަކަށް ނޫނެކޭ ބުނެފައިވާއިރު ގާނޫނީ ގޮތުން ވެރިކަމުގެ ނިޒާމު ދެން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރެވޭނީވެސް ރައްޔިތުންގެ ނިންމުމާއެކު ކަމަށެވެ.
އެގޮތުން ކުރީގެ ގާނޫނުއަސާސީ ތަސްދީގުކުރެއްވި އިރުވެސް އޭގައި ހުރި ކަންބޮޑުވުންތަކުގެ ވާހަކަ ދެއްކެވިކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި މިހާރު އިދިކޮޅުގައި ތިއްބެވި ބޭފުޅުން، އޭނާ ގާނޫނު އަސާސީ ތަސްދީގުކުރިޔަ ނުދޭން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރި ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ. އަދި މިހާރު އޭގައި ހުރި ކަންތައްތައް ބަދަލުކުރަން ބޭނުންވެގެން ހަމަ އެބޭފުޅުން ބޭނުންވާ ކަމަށް އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ ކުރިންވެސް 12 އާއި 13 އަހަރު ރާއްޖެ ތަރައްގީނުވެ ބޭކާރު ގޮތުގައި ހޭދަވެގެން ގޮސްފައިވާކަމަށެވެ. އަދި ކުރިންވެސް އެ ދުވަސްވަރު ހުރިހާ ކަމެއް ހުއްޓުވާފައި ކިޔަވައިގެން ތިބި މީހުންނާއި ވަސީލަތްތަކާއި ވަގުތާ ހޭދަކޮށްގެން ގާނޫނު އަސާސީ ލިޔުނު ނަމަވެސް އެއްކަމެއްވެސް ނުވި ކަމަށެވެ.
އެހެންނަމަވެސް ހުރިހާ ކަމެއް ހުއްޓުވާފައި އެއަށް ޓައިމް ވޭސްޓު ނުކޮށް އިށީނީމަ ދިވެހިންގެ ގާބިލްކަން ފެނިގެން ހިނގައްޖެ ކަމަށާ ދިވެހިންނަކީ އަމިއްލައަށް ކަންތައްތައް ކުރެވިދާނެ ބައެއްކަން ވެސް އެނގި ހާމަވެގެން ހިނގައްޖެކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.
ރާއްޖޭގައި އޮންނާނީ ކޮންކަހަލަ ނިޒާމެއްތޯ ބެލުމަށް 2007 ވަނަ އަހަރު ނެގި ވޯޓުގައި 60 ޕަސެންޓް އަގުލަބިއްޔަތާއެކު ދިވެހިން ނިންމައިފައިވަނީ ރިޔާސީ ނިޒާމެއް ރާއްޖޭގައި އޮންނަން ފެންނަ ކަމަށެވެ. ނަމަވެސް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ލިބިއްޖެނަމަ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވާނެ ކަމަށް އެމްޑީޕީން ދަނީ ބުނަމުންނެވެ.
ރައްޔިތުން ވަނީ ބަރުލަމާނީ ނިޒާމަށް ނޫނެކޭ ބުނެފައި، ބަރުލަމާނީ ނިޒާމަކަށް ދެން ބަދަލުކުރެވޭނީވެސް ރައްޔިތުންގެ ނިންމުމާއެކު – އާޒިމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ