މިއީ ޔާމީނަށް މައުމޫނު ކުރި ތާއީދު އަނބުރާ ނަގަންވީ ވަގުތު: މަހްލޫފު

ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވަނީ ރައީސް މައުމޫނަށް އަނގަބަހުން އިންޒާރު ދީފައި ކަމަށާއި މި ވަގުތަކީ ރައީސް ޔާމީނަށް މައުމޫނު ކުރާ ތާއީދު އަނބުރާ ނަގަންވީ ވަގުތު ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.
މަހްލޫފު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
Adheeb has verbally threatened President Maumoon too. I believe it's time to withdraw his support to Yameen & leave him with 1%
— Ahmed Mahloof (@AhmedMahloof) June 27, 2015
މިހެން ވިދާޅުވެފައިވާއިރު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ނައިބުރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރު ކަނޑައެޅުމުގެ އިސްލާހާއެކު ޕީޕީއެމްގެ އެތެރޭގައި ވަރުގަދަ ރާޅުބާނިގަނޑެއް އުފެދިފައިވާކަމަށްވެސް މީގެ ކުރިން މަހުލޫފް ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ ބުދަ ދުވަހުގެރޭ އަނިޔާވެރިކަމާ ދެކޮޅަށް ނަމުގައި އެމްޑީޕީގެ ޖަގަހައިގާ ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަހްލޫފް ވިދާޅުވީ މިހާރު އެންމެ ކަންތައް ބޮޑުކޮށް އުޅެނީ ޕީޕީއެމްގެ އެތެރޭގައި ކަމަށެވެ. އަދި ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ ރާޅުބާނި ވަރަށް ބޮޑު ކަމަށާއި އެ ރާޅުބާނީގައި ހުންނާނެ ވަރުވެސް އެނގިވަޑައިގަންނަވާކަމަށްވެސް މަހުލޫފު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ