ޝަހީދު ހުސެއިން އާދަމް އާ އުއްތަމަ ފަނޑިޔާރާ ހުރި ތަފާތަކީ ޤައުމު ދެކެ ލޯބިވުންކަމަށް ރައީސްއޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.
ފުވައްމުލަކުގައި ކުރިއަށްދާ ޕީޕީއެމްގެ ފޯރިގަދަ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ 01 ފެބްރުއަރީގައި ފެނިގެން ދިޔައީ ޤައުމުގެ އިސް މަޤާމުތަކެއް ޙަވާލުކުރެވިފައި ތިބި ވެރިންތަކެއް ވިޔަފާރި ވެރިއައްގެ ތިޖޫރީން ގަނެލެވިގެންދިޔަ ބޭފުޅުންގެ ގޮތުގައި ކަމަށާ އެހެން އެކަން ވުމުން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެ ސިފަވެގެން ދިޔައީ ފައިސާ އަށް ގަނެލެވޭނެ ފަދަ ޤައުމެއްގެ ގޮތުގައި ކަމަށެވެ.
އެހެން ނަމަވެސް މިއަދުވެސް މި ޤައުމުގެ މިނިވަންކަމާ ދީނާ އިސްތިޤުލާލުގެ ޙައްގުގައި މޭ އައްޑަނައަކަށް ނެރެގެން ނުކުންނާނެ ދަރީން އެބަތިބި ކަމަށާ ދިވެހި ތާރީޚުން ފިލާވަލު ލިބިގަނެ ދިވެހި ބަޠަލުން ދައްކަފައިވާ ނަމޫނާ އިން ނަމޫނާ ނަގައިގެން އެ ދަރިން ނުކުންނާނެކަމަށެވެ. އަދި ޝަހީދު ހުސެއިން އާދަމް އާ އުއްތަމަ ފަނޑިޔާރާ ހުރި ތަފާތަކީ ޤައުމު ދެކެ ލޯބިވުން ކަމަށެވެ.
އެއީ ޝަހީދު ހުސެއިން އާދަމް ޤައުމުގެ މިނިވަން ކަމާ އިސްތިޤުލާލުގެ ޙައްގުގައި ދިއްކޮއްލީ އޭނާގެ ހަށިގަޑުކަމަށާ އޭގެ ބަދަލުގައި އުއްތަމަ ފަނޑިޔާރު ޤައުމާ މިނިވަންކަން ވިއްކާލީ މިލިއަން މިލިއަން ޑޮލަރަށް ކަން ވެސް އާޒިމާ ފާހަގަކުރެއްވިއެވެ.
އެކެއް ފެބްރުއަރީގެ ހަނދާންތައް އާ ކުރަމުން އާޒިމާ ވިދާލުވީ، މިހާތަނަށް އައި އިރު 3 ރައީސުންނާ އެކު މަސައްކަތް ކުރެއްވިއްޖެ ކަމަށާ އެހެން ނަމަވެސް އެކެއް ފެބްރުއަރީ ގައި ފެނިގެން ދިޔައީ ކެތްތެރިކަމާ ޙިކްމަތްތެރިކަމާ މަޑުމައިތިރިކަމާ އެކު މަސައްކަތް ކުރެއްވި ވެރިއެއް ކަމަށެވެ.
އެދުވަހު އެމަނިކުފާނުގެ ޙިކްމަތި އަމަލީ ކާމިޔާބު ވެގެން ދިޔައީ ދިވެހި ދިފާއީ ބާރުގައި ޤައުމާއި މިނިވަންކަމުގެ ހައްޤުގައި ކޮށްގެން ތިބި ހުވަޔާއެއް އެއްކޮށް ނުކުންނަން ކެރުނު ދިވެހި ބަޠަލުންގެ ސަބަބުންކަން ވެސް އާޒިމާ ފާހަގަކުރެއްވިއެވެ.
އަދި މީގެ އިތުރުން އާޒިމާ ވަނީ ދިވެހި އެތައް ރައްޔިތުންގެ ހިތުގައި މިއަދު އުފެދިފައި އޮތް އެންމެ ބޮޑު ސުވާލަށް ވެސް ޖަވާބު ދެއްވާފައެވެ. އެގޮތުން އާޒިމާ ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ތަންނުދޭ މީހަކަށް ދިވެހިރާއްޖޭގެ ވެރިކަމަށް ކުރިމައްޗެއް ނުލެވޭނެކަމަށެވެ.
އެގޮތުން ޤާނޫނީ އަސާސީގެ 105 މާއްދާގެ ދަށުން ޝަރުޠު ހަމަނުވާ މީހެއްގެ ހައިޞިއްޔަތުން މުހައްމަދުގެ ނަޝީދުގެ ނަން ވޯޓު ކަރުދާސް ކޮޅުގައި ނޯންނާނެކަމުގެ ޔަޤީންކަން އާޒިމާވަނީ ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.
ޤާނޫނޫ އަސާސީ އޭ ޑިމޮކްރެސީ އޭ ކިޔައި އިދިކޮޅުން ހަޅޭއްލައްވަމުންދާއިރު، ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީ އޮތް ޤައުމުގެ ހައިސިއްޔަތުން އެމެރިކާއަށް ބަލާއިރު ވެސް ޤާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރެއް ވައްޓާލަން އުޅުމަކީ "ފެޑެރަލް އޮފެންސެއް" ނުވަތަ ޖިނާޢީ ކުށެއްކަން ފާހަގަކޮށް އާޒިމާ ވިދާޅުވީ އެހެންކަމުން އެ އަމަލު ރާއްޖޭގައި ހިންގަން އުޅުނު މީހުން ނުވަތަ ބަޔަކު ހައްޔަރުކޮށް ޝަރީޢަތް ހިނގަމުންދަނީ އެއީ ޑިމޮކްރެސީއަށް ތަބާ ނުވުންކަމަށް ބުނަމުންދާތީ ހިނި އަންނަ ކަމަށެވެ.
ޝަހީދު ހުސެއިން އާދަމް އާ އުއްތަމަ ފަނޑިޔާރާ ހުރި ތަފާތަކީ ޤައުމު ދެކެ ލޯބިވުން – އާޒިމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ