ކަރަންޓް މައްސަލައަކާ ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތްތަކަށް ބުރޫއަރައިފި!

ޓްރާންސްޕޯޓް އޮތޯރިޓީ ހިންގާ އިމާރާތުގައި ކަރަންޓް މައްސަލައެއް ދިމާވެ ހިދުމަތްތައް މިއަދު މެދުކެނޑިއްޖެ އެވެ.
އެ އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ އެ އިމާރާތަށް ދިމާވި ކަރަންޓް މައްސަލައަކާ ގުޅިގެން އެއްވެސް ސިސްޓަމެއް މަސައްކަތް ނުކުރާ ކަމަށެވެ. އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިތަނުގެ އޭސީ ޖައްސާލީމަ ބްރޭކަރު ވެއްޓި ސާވާ ރޫމުގެ ކަރަންޓް ދަނީ،" އޭނާ ވިދާޅުވި އެވެ.
ނާފިޒް ވިދާޅުވި ގޮތުގައި ކަރަންޓްގެ މައްސަލަ ހައްލުވިހާ އަވަހަކަށް ހިދުމަތްތައް ދޭން ފަށާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ