އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުން ސުޕްރީމް ކޯޓަށް

އިންތިހާބު ބާތިލްކުރުމަށް ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ މައްސަލައިގެ މިއަދު ޝަރީއަތަށް އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުން ހާޒިރުވުމަށް ސުޕްރީމްކޯޓުން އަންގައިފި އެވެ.
ޖުމްހޫރީ ޕާޓީގެ މައްސަލައިގެ ޝަރީއަތް ކަވަރުކުރަން ސުޕްރީމް ކޯޓުގައި ހުރި ހަވީރުގެ ރިޕޯޓަރު މުއިއްޒު އިބްރާހިމް ބުނި ގޮތުގައި ޝަރީއަތް ފެށުމަށް ތައްޔާރުވުމަށް ފަހު 30 މިނެޓަށް ފަސްކުރުމަށް ފަނޑިޔާރުންގެ ބެންޗުން ކަނޑައެޅީ އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުން ކޯޓަށް ހާޒިރުކުރުމަށް ކަމަށެވެ. ނަމަވެސް މެންބަރުން ހާޒިރުކުރާ ސަބަބެއް ފަނޑިޔާރުން ވިދާޅެއް ނުވެ އެވެ.
މިއަދުގެ ޝަރީއަތުގެ އަޑުއެހުން ފެށުމަށް ތާވަލްކޮށްފައި އޮތީ 11:00 ގަ އެވެ.
ފަސް މެމްބަރުން ކޯޓަށް ހާޒިރުކުރަން އެންގި އިރު އިންތިހާބު ފަސްކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް އިންތިހާބުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުންނަކީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އަހްމަދު ފަޔާޒު ހަސަން މަނިކާއި ކޮމިޝަންގެ މެމްބަރު އަލީ މުހައްމަދު މަނިކާއި އިބްރާހިމް ވަހީދު (އޮގަރު ވަހީދު) އަދި މުހައްމަދު ފާރޫގެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ