މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ

ވެރިރަށް މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެއެވެ. މިރޭ މެންދަމު 1:15 ހާއިރު ކަރަންޓު ކެނޑިފައިވަނީ މާލޭގެ ދެ ސަރަހައްދަކުންނެވެ. މިކަމާ ގުޅޭ ގޮތުން ސްޓޭޓް އިލެކްޓިރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ މީޑިޔާ އޮފިސަރު ޗީފް އިންޖިނިއަރ އަބްދުއްރައުފް ވިދާޅުވީ، މާލެއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ބޮޑު އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން މާލޭގެ ފަސް ބައިކުޅަ ދެބައިން ކަރަންޓް ކެނޑިފައިވާކަމަށާއި ނަމަވެސް މިހާރު ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. " މިހާރު އަޅުގަނޑުމެންގެ ޓެކްނިކަލް އޮފިސަރުން އެދަނީ ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން، މިވަގުތަށް ދިމާވި މައްސަލަ ދަންނަވަން ދަތި،" ރައުފް ވިދާޅުވިއެވެ. މާފަންނުގައި ހުރި ސަން އޮންލައިިންގެ ނޫސްވެރިއަކު ބުނީ އެ އަވަށުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނުކަމަށާއި ނަމަވެސް ގާތް ގަނޑަކަށް 15 ވަަރަކަށް މިނިޓް ފަހުން އަލުން ކަރަންޓް ލިބިފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ