ރަސްދޫން ހައްޔަރުކުރި ހަ މީހެއްގެ ބަންދަށް ހައި ކޯޓުން ތާއީދުކޮށްފި

އއ. ރަސްދޫ ކޯޓު ކުރިމަތީގައި ހުދު ޖަނގިޔަލެއް އެޅުވި މައްސަލައިގައި އެރަށުގައި ހިނގި ހަމަނުޖެހުންތަކުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ހަ މީހެއްގެ ބަންދަށް ތާއީދުކޮށް، ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.ރަސްދޫގައި ހަރަކާތްތެރިވާ އެމްޑީޕީ ސަޕޯޓަރުންތަކަކާއި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި 14 މީހަކު ހައްޔަރުކުރިއިރު އޭގެ ތެރެއިން 13 މީހެއްގެ ބަންދަށް ވެސް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ރޭ އިތުރުކޮށްދީފަ އެވެ. ހަ މީހުންނާ ބެހޭ ހުކުމް އައީ ދަށު ކޯޓުން ކުރި ހުކުމާ މެދު ހިތްހަމަނުޖެހިގެން ހައި ކޯޓަށް އެމީހުން އިސްތިއުފާނު ކުރުމުންނެވެ.ބަންދަށް ތާއީދުކޮށް ހައި ކޯޓުން މިއަދު ހުކުމްކުރި ނަމަވެސް އެ ކޯޓުން މިއަދު ތާއީދުކުރީ އެ ހަ މީހުން ބަންދުގައި ބަހައްޓަން އެންމެ ފުރަތަމަ ނެރުނު އަމުރަށެވެ.ބާކީ ތިބި މީހުންގެ މައްސަލަ މާދަމާ އަށް ހައި ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ