"ސަމާސާ ކޮށްލުމުގެ ގޮތުން" މީހެއްގެ ސޯޓަށް ދަމާލައިގެން ކުށްވެރިވި މީހަކު އިސްތިއުނާފު މަރުހަލާގައި ސަލާމަތްވެއްޖެ އެވެ.
ށ. ފޭދޫގައި ހިންގި ކަމަށް ބުނާ މި އަމަލާ ގުޅިގެން އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައި ވަނީ، ސޯޓަށް ދަމާލި މީހާގެ މައްޗަށް، އާންމު ތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށް ސާބިތުވާ ކަމަށެވެ. އެ ހުކުމުގައިވާ ގޮތުން މާޗް ،17 2011 ވަނަ ދުވަހުގެ އިރު އޮއްސި 00: 7 އެހާއިރު މީހެއްގެ ސޯޓަށް ދަމާލާފައިވަނީ އޭނާ އެހެން ބަޔަކާ އެކު މަގުމަތީގައި ހުއްޓަ އެވެ. އަދި އެތަން އިތުރު ތިން މީހަކަށް ފެނުނު ކަމަށް ވެސް ބުނެފައިވެ އެވެ.
ކުށް ސާބިތުވި ކަމަށް ބަލައި، މި މައްސަލާގައި ހިމެނޭ މީހާގެ މައްޗަށް ހުކުމްކޮށްފައި ވަނީ ނުވަ އެތިފަހަރުން ތައުޒީރުކުރުމަށާއި ހަތަރު މަސް ދުވަހަށް އަރުވާލުމަށެވެ. ނަމަވެސް މިއީ ކުށްވެރިވި މީހާގެ މައްޗަށް ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ ކޯޓުން ކަނޑައަޅާފައިވަނީ ހުކުމް ތަންފީޒުކުރުން ތިން އަހަރަށް ފަސްކުރުމަށެވެ. އެގޮތުން އެ ތިން އަހަރު ތެރޭ އިތުރު ކުށެއް ސާބިތުވެއްޖެ ނަމަ، ފުރަތަމަ ސާބިތުވި ކުށުގެ އަދަބު ވެސް ލިބޭނެ ކަމަށް ބުނެފައިވެ އެވެ.
މި ހުކުމް ހައި ކޯޓުން އިއްޔެ ބާތިލްކޮށްފައިވަނީ ކުށްވެރިވި ކަމަށް ބުނާ މީހާގެ މައްޗަށް ކުރާ ދައުވާ އަކީ ކޮބައިކަން ކޯޓުގައި ސާފުކޮށް ބުނެދީފައިނުވާތީ އާއި ދައުވާ އަށް ޖަވާބުދާރީވުމުގެ ގޮތުން 15 ދުވަހުގެ ފުރުސަތަކަށް އެދިފައިވަނިކޮށް އަދި ޝަރީއަތުގައި އިއުތިރާފު ވެސް ވެފައިނުވަނީސް، ހެކިންގެ ހެކި ބަސް ވެސް ފުރިހަމަ ގޮތެއްގައި ޝަރީއަތުން ހޯދުމަކާ ނުލައި ހުކުމްކޮށްފައިވާތީ އެވެ. އަދި ޝަރީއަތް ނިމުނުގެ ގޮތުގެ ލިޔެކިޔުންތައް ހޯދަން އެދުމުން އެކަން ވެސް މެޖިސްޓްރޭޓް ކޯޓުން ކޮށްދީފައި ނުވާ ކަމަށް ހައި ކޯޓުން ބުނެފައިވެ އެވެ.
މީހެއްގެ ސޯޓަށް ދަމާލައިގެން ކުށްވެރިވި މީހަކު ހައި ކޯޓުން ސަލާމަތްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ