ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހާލުކޮޅު ބޮޑުވެ އޭޑީކޭގެ އައިސީޔޫއަށް ބަދަލުކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްގެ ސިއްހީ ހާލުކޮޅު ބޮޑުވެ އޭޑީކޭގެ އައިސީޔޫގައި ފަރުވާދެއްވަން ފައްޓަވާފައިވާ ކަމުގައެވެ.Jp Leader Hon. Qasim ge sihee haalukolhu boduve mivaguthu ADK ICU gai faruvaa dehvan fashaifi. @Mihaarunews @vaavu @raajjemv @vfp_mv— Ahmed Sameer (@meeraazu) July 16, 2017މެޑީކާ ހޮސްޕިޓަލުގައި މިއަދު ފަރުވާ ދިނުމަށްފަހު ގާސިމް އޭޑީކޭއަށް ބަދަލުކުރީ އިތުރު ފަރުވާއަށް މިރޭ ސިންގަޕޫރަށް ފުރުވާލުމަށް އެއާޕޯޓަށް ގެންދިއުމުން ޕާސްޕޯޓް ހިފަހައްޓާ ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ސަރުކާރުން ހުރަސް އެޅުމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ބޭރަށް ފުރައިވަޑައިގެންނެވުމުގެ ކުރިން ޕާސްޕޯޓް ހިފަހައްޓާފައިވޭތޯ ބަލައި ޕާސްޕޯޓް ހިފަހައްޓާފައި ނުވާކަން ޔަގީންކޮށް އަދި ކްރިމިނަލް ކޯޓަށްވެސް އެނގެވުމަށްފަހު އެއާޕޯޓަށް ގެންދިޔަ ފަހުންނެވެ.
ސިއްހީ ފަރުވާއަށް ސިންގަޕޫރަށް ވަޑައި ނުގެންނެވުމުން ވެލާނާ އެއާޕޯޓްގެ ޕޯޓް ހެލްތުގައި ފަރުވާ ދެއްވުމަށްފަހު ގާސިމް މިހާރުވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލު ކުރައްވާފައެވެ. އެއާޕޯޓަށް ގެންދެވުމުގެ ކުރިން ގާސިމް އޮންނެވީ މެޑިކާ ހޮސްޕިޓަލުގައެވެ.
ގާސިމް މެޑިކާގައި އެޑްމިޓު ކުރީ 12:45 އެހާއިރު ނޭވާ ކުރުވެ މެއަށް ތަދުވާތީއެވެ.
މެޑިކާގައި އެދްމިޓުކޮށްފައިވަނީ މެންދުރު ދޭއް ޖަހާއިރު ތާވަލުކޮށްފައި އޮތް އަޑުއެހުމަށް ކްރިމިނަލް ކޯޓަށް ވަޑައިގެންނެވުމުގެ ކުރިން އޮފީހަށް ވަޑައިގަންނަވަނިކޮށް ކަމަށް ވެސް އެނގިފައިވެއެވެ.
ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމްގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާ އިރު މިއަދު ބާއްވަން ތާވަލުކޮށްފައިވަނީ އޭގެތެރެއިން އެއް ދައުވާއެވެ. އެއީ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާއެވެ.
ދައުލަތުން ގާސިމްގެ މައްޗަށް ދެން އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ. އެ ދައުވާތައް އުފުލާފައިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައާއި ގުޅިގެން މ.ކުނޫޒުގައި ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ.
އެ ދައުވާތައް ކްރިމިނަލް ކޯޓުންވަނީ މީގެ ކުރިން ޕީޖީ އޮފީހުން ކޯޓަށް ހާޒިރު ނުވެގެން ބޭރު ވެސް ކޮށްފައެވެ.
ހާލު ބޮޑުވެ ގާސިމް އައިސީޔޫއަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ