މެމްބަރު ސައުދާއި އަމީތު ވެސް ދޫކޮށްލައިފި

ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ޝަރުތުތަކަކާއެކު ދޫކޮށްލައިފި އެވެ.  
ސައުދާއި އަމީތު ދޫކޮށްލީ ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލިފައިވާ  ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، މިދިޔަ މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ވަން މައްސަލާގައި ހައްޔަރުކޮށްފައިވާތީ، ހަތަރުވަނަ ފަހަރަށް ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ.
މެމްބަރު އަމީތާއި ސައުދަށް ކަނޑައަޅާފައިވާ ޝަރުތުތަކަކީ ރޭގަނޑު 9 އަކުން ހެނދުނު 7 ޖަހަންދެން ގޭގައި މަޑުކުރުމާއި ހެއްކަށް ނުފޫޒު ނުފޯރުވުމާއި ކޯޓުން އަންގާ ވަގުތެއްގައި ކޯޓަށް ހާޒިރުވުމެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ އަމީތާއި ސައުދު ހައްޔަރު ކުރުމަށް ފަހު، ކޯޓުން އޭނާ އާދީއްތަ ދުވަހު މިނިވަންކުރިއިރު، އަމީތާއި ސައުދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވަނީ ދައުވާ އުފުލައިފަ އެވެ. އެ ދެ ބޭފުޅުންގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމްގެ މައްޗަށް އުފުލާފައި ވަނީ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅުމުގެ  ދައުވާ އެވެ.
މެމްބަރު ވަހީދު ޝަރުތުތަކާއެކު ދޫކޮށްލީ ބުރާސްފަތި ދުވަހު އެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ