ރާއްޖެ ބައިވެރިވެފައިވާ މުއާހަދާ ބުނަނީ މުޒާހަރާ ކުރެވޭނެ ކަމަށް:ޑރ ޝަހީދު

ދިވެހިރާއްޖެ ބައިވެރިވާ މުއާހަދާ, އައިސީސީޕީއާރު ބުނާ ގޮތުން މުޒާހަރާ ކުރެވޭނެ ކަމަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ ޑރ އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޝަހީދު މިހެން ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައެވެ.
ޝަހީދު ވިދާޅުވީ 2006 ވަނަ އަހަރު މައުމޫން ޢަބްދުލް ޤައްޔޫމް ސޮއިކުރެއްވި އިންޓަރނޭޝަނަލް ކޮވެނަންޓް ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް ބުނާގޮތުން މުޒާހަރާ ކުރެވޭނޭ ކަމަށެވެ.
ޝަހީދު މިހެނެ ވިދާޅުވެފައި މިވަނީ އިދިކޮޅު ފަރާތްތަކުން މިމަހުގެ 24 ވަނަ ދުވަހު މުޒާހަރާއަށް ނިކުތުމަށް ހުއްދަ ނުދޭކަމަށް ފުލުހުން ބުނެފައިވާ ދަނޑިވަޅެއެގައެވެ.
24 ވަނަ ދުވަހުގެ ހެނދުނު 9.00 ގައި އެމްޑީޕީ އޮފީސް ކުރިމައްޗަށް އެއްވުމަށް ގުޅިފައިވާ ޕާޓީތަކުގެ ޕާލަމެންޓްރީ ގުރޫޕްގެ ތަރުޖަމާން އަހުމަދު މަހްލޫފް ވަނީ ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ