ރައީސް ޔާމީންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ބޭނުންފުޅުވާކަމުގެ އިޝާރާތެއް މައުމޫނު ކުރައްވައިފި

ރައީސް އަބްދުﷲ ޔާމީންގެ އިތުބާރުނެތްކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނަގަން ބޭނުންފުޅުވާކަމުގެ އިޝާރާތެއް، އެމަނިކުފާނުގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކުރައްވައިފިއެވެ.
މިހާރު ކުނޫޒްގައި ކުރިޔަށްދާ ޖަލްސާގައި މައުމޫނު ވިދާޅުވީ، "އަޅުގަނޑުމެން މިހާރު ލިބިފައިވާ 45 އާއި ހިސާބުން ހުއްޓާލައިގެން ނުވާނެ" ކަމަށެވެ.
"50، 55 އަދި 60 އާއި ހިސާބަށްވެސް ދާންވާނެ،" ރައްޔިތުންގެ މަޖިލީހުގައި ހަމަކުރަން ބޭނުންވާ އަދަދަށް އިޝާރާތްކުރައްވާ ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ، "އަޅުގަނޑުމެން ބޭނުންވާ ހިސާބަށް ދަންދެން ކުރިޔަށްދާން ވާނެ،" ކަމަށެވެ.
އެމަނިކުފާނު އެ އިޝާރާތްކުރައްވަނީ ރައީސް ޔާމީންގެ އިތުބާރުނެތްކަމުގެ ވޯޓަކަށްކަމަށް ބެލެވެއެވެ. އެއީ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރަން 58 މެމްބަރުންގެ ވޯޓު ބޭނުންވާތީއެވެ.
-އިތުރު ތަފްސީލު އަންނަނީ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ