ރައީސް މައުމޫނު ކުއްލިގޮތަކަށް މިރޭ ރާއްޖެ ވަޑައިގަންނަވަނީ

ސިންގަޕޫރަށް ކުރައްވާ 10 ދުވަހުގެ ދަތުރުފުޅެއް ކުރުކޮށްލެއްވުމަށް ފަހު ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް މިރޭ ރާއްވަޑައިގެންނެވުމަށް ނިންމަވައިފިއެވެ.
ދިހަ ދުވަހުގެ ދަތުރުފުޅެއްގައި ރައީސް މައުމޫނު ސިންގަޕޫރަށް ފުރައި ވަޑައިގެންނެވީ މިމަހުގެ އަށް ވަނަ ދުވަހުއެވެ. ނަމަވެސް ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު ކުއްލި ގޮތަކަށް މިރޭ ރާއްޖެވަޑައިގެންނެވުމަށް ނިންމެވި ސަބަބެއް ސާފެއް ނުވެއެވެ.
ރައީސް މައުމޫނު މިރޭ ރާއްޖެވަޑައިގަންނަވަނީ މިރޭ 23:05 ގައި ސިންގަޕޫރު އެއާލައިންސްގެ ފްލައިޓުން ނެވެ.
ރައީސް މައުމޫނު ސިންގަޕޫރު ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު ކުއްލި ގޮތަކަށް މިރޭ ރާއްޖެ ވަޑައިގަންނަވާއިރު އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަހު އަހުމަދު ފާރިޝް މައުމޫނުގެ މައްޗަށް ދައުލަތުންކުރާ ދައުވާގެ އަޑު އެހުން ކުއްލި ގޮތަކަށް އަވަސްކޮށް އަންނަ ހޯމަ ދުވަހަށްވަނީ ތާވަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ