ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުގެ އިސްވެރިއަކަށް ހުންނަވައިގެން ހިޔާނާތުގެ އަމަލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ބޭބޭ މުޙައްމަދު ޝާހިދު ހައިކޯޓުން މިއަދު ދޫކޮށްލައިފިއެވެ.
އޭނާ ދޫކޮށްލާފައިވަނީ ޝާހިދު ބަންދުގައި ބެހެއްޓުމުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފްކުރުމާއި ގުޅިގެން އެކޯޓުން މިއަދު ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކުރުމުންނެވެ. މީގެކުރިން ކްރިމިނަލް ކޯޓުން އޭނާއަށް ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުގެ މުއްދަތަށް އިތުރުކޮށްފައެވެ.
ޝާހިދުގެ ބޭބެ ހައިކޯޓުން ދޫކޮށްލާފައިވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް އެކަށިގެންވާ ހެކި ފުލުހުން ހުށަހަޅާފައި ނުވާތީއެވެ. ފުލުހުން މުހައްމަދު ޝާހިދު ބަންދުގައި ބެހެއްޓުމަށް އެދިފައިވަނީ ހެއްކަށް ނުފޫޒް ފޯރުވާފާނެ ކަމަށް ބުނެއެވެ.
ހައި ކޯޓުން އިއްވި ހުކުމުގައި ވަނީ މުހައްމަދު ޝާހިދުގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަކީ މީގެ ދެތިން އަހަރު ކުރިން ހިނގާފައިވާ ކަންތައްތަކެއް ކަމަށްވާއިރު އޭނާއަކީ މިހާރު ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގައި މަސައްކަތްކުރާ މީހަކަށް ނުވާތީ އޭނާ އަކީ ހެކިންނަށް ނުފޫޒު ފޯރުވޭފަދަ މަގާމެއް ހުރި މީހެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.
މީގެ އިތުރުން އެ މައްސަލައަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ތަހުގީގުކުރި މައްސަލައަކަށްވެފައި ޝާހިދުގެ ކުށުގެ ރިކޯޑަށާއި ވަށައިގެންވާ ކަންކަމާއި ހާދިސާ ހިނގާފައިވާ ޒަމާނަށް ބަލާއިރު އޭނާގެ ފަރާތުން މުޖްތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވެން ނެތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ބޭބޭ މުޙައްމަދު ޝާހިދުގެ ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްވެސް ކުރި އެވެ. ޝާހިދު އެޑްމިޓްކުރީ ރޭ ދިހައެއް ޖަހަނިކޮށް ހަށިގަނޑުން ލޭ ދަށްވެ މެއަށް ތަދުވާން ފެށުމުންނެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ 24 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައިގައި މުޙައްމަދު ޝާހިދުގެ އިތުރުން ފުލުހުންގެ ތަހުޤީގަށް ހައްޔަރުކޮށްފައިވަނީ ކުރީގެ ސްޓޭޓް މިނިސްޓަރ އަބުދުﷲ ޝާހިދު އާއި ފިނޭންސް މިނިސްޓްރީގެ ކުރީގެ އިސްވެރިޔަކަށް ހުންނެވި މއ.އެވަގްލޯރީ އަހުމަދު އާރިފުއާއި، ބ.އޭދަފުށީ ދިގަލި މުހައްމަދު ވަހީދުއާއި އަދި ގދ.ހޯޑެއްދޫ ފޭރުމާގޭ އަބުދުﷲ ސައީދު އެވެ. މިއެންމެންގެ ބަންދު މުއްދަތަށް ކޯޓުން ވަނީ 15 ދުވަސް ޖަހާދީފައެވެ.
ޝާހިދުގެ ބޭބެ ހައި ކޯޓުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ