މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ - މެޓް

ހުޅަގާއި ހުޅަގުއުތުރުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ހެން މޫސުން ގޯސްވެފައި ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށެވެ.
އެގޮތުން ހުޅަގާއި ހުޅަގުއުތުރުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި 50ޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށް ފައެވެ.
މިދުވަސްވަރަކީ ރާއްޖޭގެ ކަނޑުތައް ގަދަ ދުވަސް ވަރަކަށް ވުމުން ކަނޑު ދަތުރުފަތުރު ކުރުމުގައި ރައްކާތެރިވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ