ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިއަދު ހަވީރު ހަތަރެއް ޖަހަންދެން


އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓް ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއާ ގުޅިގެން ޝަކުވާ ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުސަތު މިއަދު ހަވީރު ހަތަރެއް ޖެހުމާ ހަމަޔަށް އިތުރުކޮށްފިއެވެ.
 
އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު ރޭ ވިދާޅުވީ މި މުއްދަތު އިތުރުކޮށްފައިވާ ކަމަށާއި، ވޯޓާރސް ރަޖިސްޓްރީއާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ މިއަދު ހަވީރު ހަތަރެއްޖެހުމުގެ ކުރިން ޝަކުވާ ފޯމް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ރޭ ވަނީ އަނގަބަހުން ހުށައެޅޭ ޝަކުވާތައް ބަލައި ނުގަންނާނެ ކަމަށް ބުނެފައެވެ. އަނެއްކޮޅުން ރަށްރަށަށް އޮފިޝަލުންނާއި ވޯޓުކަރުދާސް އަދި ވޯޓް ފޮށިތައް ފޮނުވަން ފަށާނީ ވޯޓަރސް ލިސްޓް ފައިނަލްވުމުން ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ