ރޭޕު ކުރި މީހާ ހައްޔަރު ކުރުމަށް ރައީސް މައުމޫނު ގޮވާލައްވައިފި

މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގެ ސްޓޫޑީއޯއެއްގައި 18 އަހަރުގެ އަންހެން ހުއްޖަކު ރޭޕްކުރި މީހާ ލަސްނުކޮށް ހައްޔަރު ކުރުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
ރޭޕްގެ މައްސަލަ ފެންމަތިވެ އެމައްސަލަ ފުލުހުން ތަހުގީގުކުރަން ފަށާފައިވަނިކޮށް ރައީސް މައުމޫނު މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އެހަބަރު އެއްސެވީ ކުއްލި ސިހުމަކާއި އެކުގައި ކަމުގައެވެ.Deeply shocked by news that an 18 yr old girl was sexually assaulted in Male 3 days ago. The culprit must be caught and brought to justice without delay. @PoliceMv.— Maumoon Abdul Gayoom (@maumoonagayoom) January 6, 2018ރައީސް މައުމޫނު ވަނީ މުޖްރިމް ލަސްނުކޮށް ހައްޔަރު ކުރުމަށް ހައްޔަރުކޮށް އިންސާފުގެ ކުރިމަށްޗައް ގެނައުމަށް ގޮވާލައްވާފައެވެ.
18 އަހަރުގެ އަންހެން ކުއްޖަކު ރޭޕު ކުރި މައްސަލަ އެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައާއި ބެހޭ އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.
އެހެންނަމަވެސް ވީއެފްޕީއަށް އެނގިފައިވާ ގޮތުން މިދިޔަ ބުދަ ދުވަހު ސުޓޫޑިއޯއެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕު ކޮށްފައިވަނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ބާރުގަދަ ބޭފުޅެއްގެ އާއިލީ މީހެކެވެ.
ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި ގަދަކަމުން އަންހެން ކުއްޖާ ރޭޕު ކުރުމަށް ފަހު، އެކަން ސިއްރު ކުރުމަށް އެދި ބޮޑެތި ފައިސާގެ އަދަދުތައް ވެސްވަނީ ހުށަހަޅާފައެވެ.
ރޭޕްގެ ޝިކާއަރަކަށް ވީ ކުއްޖާ ފަހުން ރައްޓެހިންނާއި އެކު ޑޮކްޓަރަށް ދައްކާ، އެރޭ މައްސަލަ ފުލުހުންނަށް ހުށަހަޅާ ފޮރެންސިކް ސާމްޕަލް ފުލުހުން ނަގާ އެކުއްޖާގެ ބަޔާން ވެސް ނަގާފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ