ރައްޔިތުންގެ މަޖިލީހުގެ މައްޗަށްގޮޅީ ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ސިނާނުގެ ބަންދާއިމެދު ގޮތް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށްފަހު ބަންދުގެ މަޖިލީސް ކެންސަލްކޮށް މެންބަރު ސިނާން ދޫނިދޫއަށް ގެންގޮސްފި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ސިޔާސީ އިސް ބޭފުޅުންނާއި، މަޖިލީހުގެ މެންބަރުންނާއި، ފަނޑިޔާރުންގެ ބަންދުގެ މުއްދަތު އިއްޔެއާއި މިއަދު ވަނީ އިތުރުކޮށްފަ އެވެ.
އެ ބޭފުޅުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިރޭ 8:00 ހަމަވާނެތީ އެވެ. ނަމަވެސް ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމަށްފަހު މައްޗަށްގޮޅީ ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ސިނާނުގެ ބަންދާއިމެދު ގޮތް ނިންމުމަށް ބާއްވަން ނިންމި މުއްދަތު މަޖިލީސް ވަނީ ކެންސަލްކޮށްފަ އެވެ.
އެކަމާއި ގުޅިގެން ސިނާންގެ ބަންދުގެ މުއްދަތު އިތުުރުނުކުރެވި އޭނާ ވަނީ އަނބުރާ ޖަލަށް ގެންގޮސްފަ އެވެ. ނަމަވެސް ބެލެވޭގޮތުގައި މާދަމާރޭ 8:00ގެ ކުރިން ސިނާންގެ ބަންދާއި މެެދު ގޮތް ނިންމުމަށް އަލުން އޭނާ މާދަމާ ކްރިމިނަލް ކޯޓަށް ހާޒިރުކުރާނެ އެވެ.
ރައީސް ޔާމީންގެ އަނބިކަނބަލުންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި މެންބަރު ސިނާން ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައިވަނީ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އޭނާ ސޮއި ކުރައްވާފައި ވަނިކޮށެވެ.
ސިނާން ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ދަށުން ކަމަށްވީއިރު، ފުލުހުން ގެންދަނީ ސިނާންގެ މައްޗަށްވެސް ގިނަ ތުހުމަތުތަކެއް ކުރަމުންނެވެ.
ޕީޖީ އޮފީހުން އިއްޔެ ވަނީ ސިނާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް މައްސަލަވެސް ފޮނުވާފަ އެވެ.
މެމްބަރު ޝިނާންގެ ޝަރީއަތް ކެންސަލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ