ރާއްޖެއިން އަލުން ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވުމަށް މަޝްވަރާ ކޮށްފި

ދިވެހިރާއްޖެއިން އަލުން އަނބުރާ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވުމާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.
ރާއްޖެއިން އަލުން ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވުމަށް މަޝްވަރާ ކޮށްފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިބައްދަލުކުރެއްވުމުގައި، ކޮމަންވެލްތަށް އަލުން އަނބުރާ ގުޅުމަށްޓަކައި ރާއްޖެއިން ހުށަހެޅުމަށް އެޖަމްއިއްޔާއިން އެދުނު ބައެއް ލިޔެކިޔުން މިނިސްޓަރ ޝާހިދު ވަނީ އެކަމަނާގެ އަތްޕުޅަށް އަރުވާފައެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނިގެން، ކެބިނެޓްގެ ނިންމުމާ އެއްގޮތަށް ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އެޖަމްއިއްޔާއަށް މީގެ ކުރިން ހުށަހަޅުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ