މުޅި ރާއްޖެއަށް ކަރަންޓް އަގުހެޔޮ ކުރިކަން ރައީސް އިއުލާން ކުރައްވައިފި

މާޗު އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ގޭބީސީތަކުން ބޭނުންކުރާ ކަރަންޓުގެ އަގު ހެޔޮކޮށްދެވިފައި ވާނެ ކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އިއުލާން ކުރައްވައިފިއެވެ.
ކަރަންޓް އަގުހެޔޮ ކުރިކަން ރައީސް އިއުލާން ކުރެއްވި މިއީ ދެވަނަ ފަހަރެވެ. ކަރަންޓްގެ އަގު ހެޔޮކުރިކަން އެމަނިކުފާނު ފުރަތަމަ އިއުލާން ކުރެއްވީ އެމްޑީޕީގެ މަޖިލިސް ކެމްޕޭން ފެއްޓެވުމުގެ ރަސްމިއްޔާތުގައެވެ.ނަމަވެސް އެއީ އެމަނިކުފާނު ހެއްދެވި އިތުރުފުޅެކެވެ.
ސަރުކާރަށް 100 ދުވަސް ހަމަވުން ފާހަގަކުރުމުގެ ގޮތުން ރައީސް އޮފީހުގައި ވަޒީރުންނާއެކު ބާއްވަމުންދާ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ކަރަންޓްގެ އަގު ހެޔޮކުރިއިރު ވަރަށް ބޮޑުތަން ހެޔޮކޮށްދެއްވާފައިވާނެ ކަމަށާއި، މިސާލަކަށް 4،600ރ. ކުރިން ކަރަންޓު ބިލަށް ދައްކަމުން އަންނަ ގެތަކުން މިހާރު ދައްކާނީ 3،400ރ. ކަމަށެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ