މޫސުން ގޯސްވެ މޯލްޑިވިއަންގެ ހަނިމާދޫ ދަތުރުތައް ކެންސަލްކޮށްފި

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި، މޫސުން ގޯސްވުމުގެ ސަބަބުން މޯލްޑިވިއަން އިން ހަނިމާދޫއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން ކެންސަލްކޮށްފި އެވެ.
މޯލްޑިވިއަން އިން ބުނި ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން ހަނިމާދޫ އަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ފަސްކުރިކަން ހުރިހާ ކަސްޓަމަރުންގެ ސަމާލުކަމަށްޓަކައި ދަންނަވާ ކަމަށެވެ. އަދި ދަތުރުތައް އަލުން ފެށުނުހާ އަވަހަކަށް އަންގަމުންގެންދާ ވާހަކަ ވެސް ދަންނަވާ ކަމަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ދަނީ ނުރައްކާތެރި ހާދިސާތައް ހިންގަމުންނެވެ. މިގޮތުން ހަނިމާދޫ އެއާޕޯޓުން މީހުން ގޮވައިގެން ދަތުރުކުރި ސްޕީޑް ލޯންޗެއް ހަނިމާދޫ ކައިރިއަށް މިއަދު ވަނީ ބަންޑުން ޖަހާލައި ފަސް މީހުން މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ