މޫސުން ގޯސްވެ، ނުވަ އަތޮޅަކަށް ވައިޓް އެލާޓު ނެރެފި

ރާއްޖޭގެ މޫސުން ގޯސްވެ، ނުވަ އަތޮޅަކަށް ވައިޓް އެލާޓު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދަރާއިން ބުނީ، ބޯކޮށް ވާރެވެހޭނެ ކަމަށް ލަފާކުރެވޭތީ ނ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަަމައަށް ވައިޓް އެލާޓެއް ނެރިފައިވާ ކަމަށައި އެލާޓް ނެރިފައި ވަނީ މިއަދު ހެނދުނު 9:00 އިން މެންދުރު ފަހު 2:00 ގެ ނިޔަލަށް ކަމަށެވެ.
މެޓް އޮފީހުން ބުނީ މިއަދު ހެނދުނު 10:00އިންް މާދަމާ ހެނދުނު 10:00އަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލައިރު އުތުރާއި މެދުތެރޭ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށައި މީގެ ތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާއެކު ގުގުރުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މެޓް އޮފީހުން ބުނީ، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގަ ވައި ޖެހޭނެ ކަަމށެވެ. އަދި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން މައުލުމާތު ދެއެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑއިރުގެތެރޭ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ކެރިގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ