ކޮވިޑް ޖެހިގެން އައިސީޔޫގައި ފަރުވާދޭ މީހުންގެ އަދަދު 8 އަށް

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް ވަނީ އިތުރުވެފައިވާއިރު ކޮވިޑް ޖެހިގެން 8 މީހަކަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައެވެ.
ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދުވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން މިހާތަނަށް 128 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.
އެޗްޕީއޭއިން ބުނީ 128 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށާއި ކޮވިޑްގެ ބަލި މީހުން އެޑްމިޓް ކުރަމުންދަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގައި ކަމަށެވެ.
އެޗްޕީއޭއިން ބުނީ 128 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. ކޮވިޑްގެ ބަލި މީހުން އެޑްމިޓް ކުރަމުންދަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އިތުުރުން ދަރުމަވަންތަ ހޮސްޕިޓަލްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ