ސުލެއިމާނީގެ މަރުގެ ބަދަލު ހިފާނެކަމުގެ އީރާނުން ބުނެފި

އީރާނުގެ އަސްކަރީ ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަ ކޮށްލުމުގެ ބަދަލު ހިފާނެ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ކޮމާންޑާ އިން ޗީފް އޮފް، މޭޖާ ޖެނެރަލް ހުސައިން ސަލާމީ ވިދާޅުވެއްޖެ އެވެ. މޭޖާ ޖެނެރަލް މިހެން ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕާ މުހާތަބު ކުރައްވައި އިއްުޔެ ދެއްވި ހިތޯބެއް މެދުވެރިކޮށެވެ.
"ސުލައިމާނީގެ އަވަހާރަ ކޮށްލުމުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބައިވެރިވި މީހުންގެ ކިބައިން ވަރުގަދައަށް އަަހަރެމެން ބަދަލު ހިފާނަން،" ޖެނެރަލް ސަލާމީ އިންޒާރު ކުރެއްވި އެވެ.
ސުލެއިމާނީ ބެލެވިފައި ވަނީ އީރާނުގައި ދެވަނައަށް އެންމެ ބާރުގަދަ ބޭފުޅާގެ ގޮތުގަ އެވެ. އޭނާ އަވަހާރަ ކޮށްލާފައި ވަނީ އިރާގުގެ ބަޣުދާދު ގެ އެއާޕޯޓުން ނުކުމެވަޑައިގަންނަވަނިކޮށް އެމެރިކާއިން ދިން ޑްރޯން ހަމަލަ އެއްގަ އެވެ. އެ ހަމަލަ އަށް ފަހު އޭގެ ބަދަލު ވަރަށް ވޭންދެނިވި ގޮތަކަށް ހިފާނެ ކަމަށް އީރާނުގެ ރޫހާނީ ލީޑަރު ވެސް ވިދާޅުވެފައި ވެއެވެ.
އޭގެ ދުވަސްކޮޅެއް ފަހުން އީރާނުން ވަނީ އިރާގުގައި ހުރި އެމެރިކާގެ މިލިޓަރީ ދެ ބޭހަކަށް ގިނަ އަދަދެއްގެ ރޮކެޓް ހަމަލަ ދީފަ އެވެ. އެ ހަމަލާގައި އެމެރިކާގެ އެއްވެސް ސިފައިންގެ މީހަކު މަރު ނުވާ ކަމަށް އެ ގައުމުން ބުންޏެވެ. އެކަމަކު 100 އަށް ވުރެ ގިނަ ސިފައިން ޒަހަމްވި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ