މި އަހަރުގެ ހަވީރު އެޓޯލްސް ސްކޯލާޝިޕަށް ހދ. ވައިކަރަދޫ ޝަހުދާ ހޮވިއްޖެ

ހުސްވި އަހަރު ހަވީރުން ތައާރަފްކުރި "ހަވީރު އެޓޯލްސް ސްކޮލާޝިޕް"ގެ މި އަހަރުގެ އެވޯޑަށް ހދ. ވައިކަރަދޫ، ފަޒާ، ޝަހުދާ ހޮވިއްޖެ އެވެ.
އުމުރުން 18 އަހަރުގެ ޝަހުދާ، ހަވީރު އެޓޯލްސް ސްކޮލާޝިޕް އަށް މި ހޮވުނީ މި އަހަރުގެ އެވޯޑަށް ކުރިމަތިލި 15 ދަރިވަރުންގެ ތެރެއިން ޝަރުތު ފުރިހަމަވެ އެންމެ މަތީ މާކްސް ހޯދާފައިވާ ކުދިންގެ މެދުގައި ގުރުއަތުލައިގެންނެވެ. ހދ. އަތޮޅު މަދަރުސާ އިން، 2006 ވަނަ އަހަރު އޯލެވެލް ހެދި ޝަހުދާ ވަނީ އޭ ޕްލަސްއަކާއި ފަސް އޭ އަދި އެއް ބީ ހޯދައިފަ އެވެ.
މި އަހަރުގެ އެވޯޑަށް ކުރިމަތިލި 15 ދަރިވަރުންގެ ތެރެއިން ހަ އޭ އާއި އެއް ބީ ހޯދައިގެން، އެންމެ މަތީ މާކްސް ހޯދި ދަރިވަރުންގެ ގޮތުގައި ހިމެނިފައިވަނީ ދެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ހަވީރު އެޓޯލްސް ސްކޯލާޝިޕަށް ހޮވޭ ދަރިވަރަކަށް، މާލޭގައި ހުރުމާއި ކެއިންބުއިމުގެ ޚަރަދާއި ޔުނީފޯމާއި އެ އަހަރެއްގެ ފޮތް ލިސްޓުގެ އިތުރުން އޭ ލެވެލް އިމްތިހާންގައި ބައިވެރިވާ ހުރިހާ މާއްދާއެއްގެ ފީ އާއި އިތުރު ބައެއް އިނާޔަތްތައް ހަވީރުގެ ފަރާތުން ދިނުމަށް ހަމަޖެހިފައިވެ އެވެ.
ހަވީރު އެޓޯލްސް ސްކޯލާޝިޕަށް މިދިޔަ އަހަރު ހޮވިގެން، މިހާރު ސީއެޗްއެސްއީގައި ކިޔަވަމުން ދަނީ ސ. ފޭދޫ، ލަގްޒަރީވިލާ، ފާތިމަތު ނުހާ ޒާހިރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ