ފާނައަށް ގޮސް ފުޅަދޫ ރައްޔިތުން ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް 73،000 ރުފިޔާ ހޯދައިފި
އަނިޔާވެރިކަމުން ސަލާމަތްވުމަށް އަމިއްލަ ވަޒަންދޫކޮށް އަވަށްޓެރި ބަންގްލަދޭޝްއަށް ގޮސްފައިވާ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ބ ފުޅަދޫ ރައްޔިތުން 73،000 އަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.ފުޅަދޫ ރައްޔިތުން މިފައިސާ އެއްކޮށްފައިވަނީ ފާނައަށް ގޮސްގެންނެވެ. އެގޮތުން އެރަށު ރައްޔިތުން ހަތަރު ދޯންޏެއްގައި މިދިޔަ ހޯމަ ދުވަހު ފާނައަށްވަނީ ގޮސްފައެވެ. އަދި ދެދުވަހުގެ ފާނަ މަސްވެރިކަމުން 73170 ރުފިޔާ ލިބިފައިވާ ކަމަށް ފުޅަދޫ ކައުންސިލުން ހާމަކޮށްފައިވެއެވެ.މީގެ އިތުރުން ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް އެރަށުގައި ބެހެއްޓި ތިން ފަންޑް ފޮށްޓަކަށް 6890 ރުފިޔާ ލިބިފައިވާއިރު ބެލެނިވެރިންގެ ޖަމްބަލް ސޭލުން 5630 ރުފިޔާވަނީ ލިބިފައެވެ.މި ހުރިހާ ފައިސާ އެއްވެސް ޖަމާކުރާނީ ސަރުކާރުން ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވައިފައިވާ އެކައުންޓަށް ކަމަށް އެރަށު ކައުންސިލުން ހާމަކުރެއެވެ.ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ރާއްޖޭގެ ކަންކޮޅުތަކުގައި އަންނަނީ ފަންޑު ހޯދުމުގެ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ