ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާއިރު ރައީސް މައުމޫނަށް ފުރިހަމަ ފަރުވާ ނުދޭތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކަން ކުށްވެރިކުރައްވައިފިއެވެ.
ގާސިމް މިރޭ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ސަރުކާރުން ހިންގާ އެންމެހާ އަނިޔާވެރި އަމަލުތައް ދެފުންފެންނަ އިންސާފުވެރި ގޮތަކަށް ތަހުގީގު ކޮށްދިނުމަށް މުއައްސަސާތަކަށް ގޮވާލައްވާ ކަމުގައެވެ.Sarukaarun hingamungendhaa Aniyaaveri enmehaa Amaluthah kamaa behey muahsasaa thakun Dhefuh fenna fadha insaafuveri furihama thahuqeequ thah fahtavaa dhehvun edhi dhannavan . Miadhu R Maumoonge Aalaas kanfulhu boduvegen dhaairu furihama faruvaa nudhehvaathee ekan kuhveri kuran.— Qasim Ibrahim (@qasimibrahim) August 23, 2018މީގެ އިތުރުން ރައީސް މައުމޫނުގެ އާލާސްކަންފުޅު ބޮޑުވެގެން ދާއިރު ފުރިހަމަ ފަރުވާ ނުދިނުން ކުށްވެރިކުރައްވާކަމަށް ގާސިމް ވިދާޅު ވެފައި ވެއެވެ.
ރައީސް މައުމޫނުގެ އާލާސްކަންފުޅު ބޮޑުވިކަން އެނގުނީ މިދިޔަ އީދު ދުވަހުއެވެ. އަދި އެދުވަހުން ފެށިގެން މާފުށީ ޖަލަށް ޑޮކްޓަރުން ގެންގޮސްގެން ރައީސް މައުމޫނަށް ފަރުވާދެމުން ދާއިރު މިއަދުގެ ވަގުތެއްގައި ރައީސް މައުމޫނުވަނީ ދޫނިދޫ ޖަލަށް ބަދަލުކޮށްފައެވެ.
ނަމަވެސް ރައީސް މައުމޫނަށް ފަރުވާދެމުން ގެންދަނީ ކޮންކަމަކާއި ގުޅޭ އާލާސްކަންފުޅެއްގައިކަމެއް އަދި ސާފެއް ނުވެއެވެ.
ރައީސް މައުމޫނަށް ފުރިހަމަ ފަރުވާ ނުދޭތީ އެކަން ގާސިމް ކުށްވެރިކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ