ރައީސް މައުމޫނު އިއްޔެ ދޫނިދޫއަށް, މިއަދު އަނބުރާ މާފުށްޓަށް!

ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް އިއްޔެ ދޫނިދޫ ޖަލަށް ބަދަލުކުރުމަށްފަހު އަނބުރާ މާފުށީ ޖަލަށް މިއަދު ބަދަލުކޮށްފިއެވެ.
ރައީސް މައުމޫނު މިއަދު މާފުށީ ޖަލަށް ބަދަލު ކުރި ނަމަވެސް އެކަމާޢި ގުޅޭގޮތުން ކަރެކްޝަނަލް ސާރވިސްއިން މިއަދު މިހާތަނަށް އެއްޗެއް ވިދާޅުވެފައި ނުވާއިރު ރައީސް މައުމޫން އިއް ދޫނިދޫއަށް ބަދަލުކުރެއްވީ ހާއްސަ ހާލަތުގެ ދަށުން ކަމަށް ކަރެންޝަނުން ވަނީ ބުނެފައެވެ.
އިއްޔެ ކަރެކްޝަނަލް ސާރވިސްއިން ބުނީ ރައީސް މައުމޫނު ދޫނިދޫ ޖަލަށް ބަދަލުކޮށްފައިވަނީ ހާއްސަ ހާލަތުގެ ދަށުން ކަމުގައެވެ. ނަމަވެސް އެ ސާރވިސްއިން ސަބަބެއް ސާފުކޮށް ނުދެއެވެ.
ރައީސް މައުމޫނުގެ އާލާސްކަންފުޅު ބޮޑުވެ މިދިޔަ އީދު ދުވަހުން ފެށިގެން ގެންދަނީ ފަރުވާދެމުންނެވެ. އަދި ރައީސް މައުމޫނަށް ފަރުވާ ދިނުމަށް ޖަލަށް މާލެއިން ޑޮކްޓަރުންވެސް ގެންގޮސްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ