އިދިކޮޅު ވެރިކަމުގައި އެއްވެސް ބަޔަކަށް އަދި މުއްސަސާއެއްގެ ވެރިޔަކަށް ދެރަގޮތެއް ނުހަދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ދައުލަތުގެ ހުރިހާ މުވައްސަސާތަކުގެ ބޭފުޅުންވެސް ބިރުފަހަނައަޅައި ނުކުމެވަޑައި ގަތުމަށާއި، އިދިކޮޅު ވެރިކަމުގައި އެއްވެސް ބަޔަކަށް އަދި މުއްސަސާއެއްގެ ވެރިޔަކަށް ދެރަގޮތެއް ނުހަދާނެ ކަމަށެވެ.
"ދިވެހި ދައުލަތް ދަރުވަމުންދާ ދަރަނިތަކުންނާއި، ދުނިޔޭގެ ކުރިމަތީގައި އެކަހެރިވަމުންދާ ދިއުންތަކުން ސަލާމަތްވާންޖެހޭ ، ދައުލަތުގެ މުއައްސަސާތަލުގެ ވެރިންވެސް ފަސްބައި ހަޑި ބަޔަކަށް ވެގެން ނުވާނެ , އިދިކޮޅު ޕާޓީތަކުގެ ވެރިކަމުގައި އެއްވެސް ބަޔަކަށް އަދި މުއްސަސާއެއްގެ ވެރިޔަކަށްވެސް ދެރަގޮތެއް ނުހަދާނެ" ގާސިމް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް އިތުރަށް ވިދާޅުވީ ގިނަ ރައްޔިތުން ވޯޓްލާނީ އިދިކޮޅު ކެންޑިޑޭޓަށް ކަމަށާއި، ކާނިވާ ސަރަހައްދުން ފެށިގެންދިޔަ މަންޒަރުންވެސް އެކަން ވަރަށް ސާފުވެއްޖެ ކަމަަށެވެ.
" ފަސާދައާއި ,އަނިޔާވެރިކަމާއި، ފިތުނައާއި، ، ބޭ އިންސާފުން ހުރިހާ ރައްޔިތުން ސަލާމަތްވަންޖެހޭ ، އިންސާފު ލިބިގަންނަންޖެހޭ ، އިންސާފުގެ މަގަށް މިކުރާ ދަތުރުގައި ހުރިހާ ރައްޔިތުންވެސް އިދިކޮޅު އޮޑިއަށް އަރަން ޖެހޭ " ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ދިވެހި ގައުމު ސަލާމަތް ކުރުމަށްޓަކައި، ދީން ސަލާމަތް ކުރުމަށްޓަކައި، މިނިވަންކަމާއި އިސްތިގްލާލް ސަލާމަތް ކުރުމަށް ނުކުންނަން އެބަޖެހޭ ކަމަށާއި ވޯޓްލައި މިކަން ނިންމަންޖެހޭ ކަމަށެވެ.
" ކާމިޔާބު ލިބިގެންދާނީ ހައްގުގެ މަގަށް,ހުރިހާ ކަންކޮޅުތަކުންވެސް މިއަދު ފެންނަމުންދަނީ، އެކަންކަމުން ގައުމު ސަލާމަތްކުރުމަށް ރައްޔިތުން ވަރަށް ފޯރިއާއެކު ކުރަމުންގެންދާތަން " ގާސިމް ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ވެރިކަން ހޯދައިދިނުމަށް މަސައްކަތްކުރި ހުރިހާ އެންމެން އެތިބީ ޖަލުގައި ކަމަށް ވިދާޅުވެ ގާސިމް ވިދާޅުވީ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދީފިނަމަ މުޅި ގައުމު ފުނޑުފުނޑުވެ، ގައުމާއި ރައްޔިތުން މިހާރަށްވުރެ ނިކަމެތިވެ އެކަހެރިވެގެންދާނެ ކަމަށެވެ.
" ރައީސް ޔާމީންގެ ސަަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ދެގުނަ ތިންގުނަ ބޮޑު އަގުގައި ، މިއީ ރައްޔިތުންގެ ބޮލުގައި އަޅުވަމުންދާ ބޮޑެތި ދަރަނިތަކެއް ,ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ، އެބާރުތައް ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބައިގައި ، މިހާރު މިއަންނަނީ އެވަގުތު " ގާސިމް ވިދާަޅުވިއެވެ.
އިދިކޮޅު ވެރިކަމުގައި އެއްވެސް ބަޔަކަށް އަދި މުއްސަސާއެއްގެ ވެރިޔަކަށް ދެރަގޮތެއް ނުހަދާނެ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ