މުޅި ރާއްޖެއަށް މެޓް އޮފީހުން ވައިޓްއެލާޓް ނެރެފިއެވެ. މޫސުމަށް ސަމާލުވުމަށް އަންގާ ވައިޓްއެލާޓް އާންމު ގޮތެއްގައި މެޓް އޮފީހުން ނެރުނު ނަމަވެސް މުޅި ރާއްޖެއަށް އެލާޓް ނެރެނީ މަދު ފަހަރެއްގައެވެ.
ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓްއެލާޓް ނެރެފައިވަނީ މެންދުރުފަހު 1:00އާ ހަމައަށެވެ.
މެޓް އޮފީހުން ބުނި ގޮތުގައި މިއަދު މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިބާރުވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު ރޭ އަދި މިއަދު ހެނދުނު ކަނޑުމަތީގައި ހާދިސާތައް ހިނގާފައިވެއެވެ. އެހެންވެ ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ވައިޓްއެލާޓްގައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ