"ފިނި ހަވީރު"ގެ މެއިން ސްޕޮންސަރަކަށް ނޮލެޖް ބުކްޝޮޕް
އަންނަ ރޯދަ މަހު ވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވާ "ފިނި ހަވީރު"ގެ މެއިިން ސްޕޮންސަރަކަށް ނޮލެޖް ބުކްޝޮޕް ހަމަޖެހިއްޖެ އެވެ. "ފިނި ހަވީރު" މުބާރާތް މިހާރު ވަނީ އާންމުކޮށް ހުޅުވާލައިފަ އެވެ. އެ މުބާރާތުގައި ބައިވެރިކުރުމަށް ރާއްޖޭގެ އެކި ހިސާބުތަކުން ވާހަކަތައް ވެސް އަންނަނީ ހުށަހަޅަމުންނެވެ. "ހަވީރު"ން ނިންމާފައި ވަނީ އޭގެ ތެރެއިން އެންމެ ރަނގަޅު 30 ވާހަކަ ހޮވައި، ރޯދަ މަހުގެ ކޮންމެ ދުވަހަކު ވާހަކައެއް "ހަވީރު"ގައި ޝާއިއުކުރުމަށެވެ. ކޮންމެ މީހަކަށް ވެސް، ވާހަކަ ލިޔުމުގެ ފުރުސަތު އޮތް މި މުބާރާތުގެ އެއް ވަނަ އަށް ދާ ފަރާތަކަށް 10،000ރ. ވަނީ ހުށަހަޅައިފަ އެވެ. ދެ ވަނަ އަށް 5،000ރ. އަދި ތިން ވަނަ އަށް ދާ ފަރާތަކަށް 2،500ރ. ލިބޭނެ އެވެ. އެއް ވަނަ އަށް ދާ ލިއުންތެރިޔާ ބޭނުން ނަމަ "ހަވީރު"ގައި ވާހަކަ ލިޔުމުގެ ފުރުސަތު ދޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ. ނޮލެޖް ބުކްޝޮޕް މި އަހަރު މި މުބާރާތަށް ފަނޑިޔާރުކަން ކޮށްދެއްވާނީ ހަވީރުގެ އެޑިޓަރު މޫސާ ލަތީފާއި "ހަވީރު"ގެ ވާހަކަ ލިޔުންތެރިޔާާ ބިންމާ އިބްރާހިމް ވަހީދާއި "ހަވީރު"ގެ ސީނިއަ އެސިސްޓެންޓް އެޑިޓަރު އަހުމަދު އަބްދުﷲ ސައީދެވެ. މި މުބާރާތުގައި ބައިވެރިކުރާ ވާހަކަތައް ފޮނުވުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 11 އެވެ. ވާހަކަތައް މެއިލްކުރާނީ vaahaka@haveeru.com.mv އަށެވެ. މުބާރާތާ ބެހޭ އިތުރު މައުލޫމާތު ހަވީރު އޮފީހުން ލިބޭނެ އެވެ. ނޮލެޖް ބުކްޝޮޕަކީ 1999އިން ފެށިގެން ހިންގަމުން އަންނަ ބުކްޝޮޕެކެވެެ. ސްޓޭޝަނަރީގެ ވިޔަފާރީގައި ވަރަށް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ނޮލެޖް ބުކްޝޮޕްގެ ތިން ފިހާރަ މާލޭގައި ހުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ