އުމަރު އެދުނު ވަގުތީ އަމުރު ނެރެއެއް ނުދިން
ޕީޕީއެމްގެ ޕްރައިމަރީގެ ނަތީޖާ ބާތިލުކުރުމަށް އެ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި އުމަރު ނަސީރު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންނެވި ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް އެ ކޯޯޓުން މިއަދު ހުކުމްކޮށްފި އެވެ. އުމަރު އެދިވަޑައިގަތީ ޕީޕީއެމް ޕްރައިމަރީއާ ގުޅިގެން ޕާޓީ ތެރޭގައި ހިނގާ އެންމެހާ ކަންކަން ވަގުތީ ގޮތުން ހުއްޓާލުމަށާއި ޕީޕީއެމް ޕްރައިމަރީއާ ގުޅުން ހުރި އެއްވެސް މީހަކު ޕާޓީން ވަކި ނުކުރެވޭނެ ކަން އަންގައި އަމުރެއް ނެރެދިނުމަށެވެ. ނަމަވެސް ކޯޓުން ކަނޑައެޅީ އުމަރާއި އޭނާ އަށް ތާއީދުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާފާނެ ކަމަށްޓަކައި ޕްރައިމަރީއާ ގުޅުން ހުރި ކަންކަން ހުއްޓާލަން އަންގަން ޖެހޭ ސަބަބެއް އޮތް ކަން ޝަރީއަތަށް ސާފު ނުވާ ކަމަށެވެ. އުމަރު މި މައްސަލަ ހުށަހެޅުއްވީ ޕްރައިމަރީގެ ނަތީޖާ ބާތިލުކުރުމަށް އޭނާ އަށް ތާއީދުކުރާ މީހަކު ކުރިން ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމުންނެވެ. އޭނާ މައްސަލަ ހުށަހެޅުއްވީ އިލެކްޝަންސްގެ ދަފުތަރުގައި ނެތް މީހުންނަށް ޕީޕީއެމްގެ މެމްބަރުންނަށް ޕްރައިމަރީގައި ވޯޓު ލުމުގެ ފުރުސަތު ދީފައިވުމަކީ އާންމު މެމްބަރުންގެ ހައްގު ގެއްލިގެން ދިޔަ ކަމަށް ބުނެ އެވެ. ނަމަވެސް ކޯޓުން ނިންމާފައިވަނީ އެކަމުން ރަހުމާގެ ހައްގަކަށް އުނިކަމެއް އައިސްފައިނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ